ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ރަޖިސްޓްރަރ (ޖުވެނައިލް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/232

ތާރީޚް: 06 ޑިސެންބަރު 2021

މަޤާމު

 ރަޖިސްޓްރަރ

ރޭންކް: އެސް.ޕީ 3

ޢަދަދު

 01

ކްލެސިފިކޭޝަން

 ސީނިއަރ ލީގަލް އެގްޒެކެޓިވް ލެވެލް 3

މަސައްކަތްކުރަންޖެހޭ ތަން

 ޖުވެނައިލް ކޯޓު

އަސާސީ މުސާރަ

 -/13,400 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

 -   ޖުޑީޝަލް އެލަވަންސް: -/7,370 (އަސާސީ މުސާރައިގެ %55)

 -   ސަރވިސް އެލަވަންސް: -/3,000

 -   ލިވިންގ އެލަވަންސް:  -/2,700

 -   ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 -   ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

 

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުޕީރިއާ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައިވުމާއި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން.

މިގޮތުން

  1. އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި،
  2. ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޖުވެނައިލް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

މައިގަނޑު މަސައްކަތް

01-  ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިއުންތައް ބަލައިގަތުން.

02-  ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ކޯޓުގެ ޤަވާޢިދާ އެއްގޮތަށްތޯ ކަށަވަރުކުރުން.

03-  ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.  

04-  ކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން.

05-  ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެ ޚަޞްމުންކުރެ ޚަޞްމެއްގެ އެދުމުގެ މަތިން، އެ ފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

06-  ޖުވެނައިލް ކޯޓުގެ ޤަވާޢިދުގައި، ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.

07-  ޤާޟީންގެ ޢާންމު މަޖިލީހުގެ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، ބައްދަލުވުންތައް ބާއްވާއިރު ޙާޒިރުވެ އިނުމާއި ބައްދަލުވުމުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.

08-  ކޯޓުގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދާ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.

09-  ޤާނޫނުތަކާއި ޤަވާޢިދުތައް، މައްސަލަ ބެލުމުގައާއި އެހެނިހެން ދިރާސާތަކަށްވެސް ފަސޭހަކަމާއެކު ފެންނާނެ އިންތިޒާމު ހަޖެއްސުން. މިގޮތުން ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ސޮފްޓް ކޮޕީ ރައްކާކޮށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ފިހުރިސްތު ހަދައި ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމް، ޒަމާނީ ވަޞީލަތްތަކުގެ އަލީގައި ހަމަޖެއްސުން. 

10-  ކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރި ކުރުމަށާއި އަދި ކޯޓުގެ ތަޞައްވަރު ރަނގަޅުކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި ކަންކަން ރާވައި ހިންގުމާއި، މިކަމާ ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ ލީފްލެޓްތަކާއި ލުއި ފޮތްފަދަ ތަކެތި ތައްޔާރުކުރުމުގެ އިންތިޒާމު ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ހަމަޖެއްސުން.

11-  ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރާ ކުދިންކުރެ ރެކޯޑު ބެލެހެއްޓުމާއި ޝަރުޠުކޮށް ދޫކޮށްލެވޭ ކުދިންގެ ރެކޯޑު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.

12-  ނިމޭ މަސައްލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރެވޭކަން ކަށަވަރު ކުރާނެ ގޮތްތަކާއި  އިންތިޒާމުތައް ހަމަޖެއްސުން.

13-  ކޮމެންޓް ކުރުމަށް ކޯޓަށް ހުށަހެޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ކޮމެންޓް ކުރުމާއި އެކަން ކުރެވޭނެ ގޮތްތައް ހަމަޖެއްސުން.

14-  ކޯޓުން އެކުލަވާލަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް އެކުލަވާލުމާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމު ހަމަޖެއްސުން.

15-  ކޯޓުން ބައިވެރިވާންޖެހޭ، ޤާނޫނީ ކަންކަމާއި، ކުޑަކުދިންނާ ގުޅުންހުރި ބައްދަލުވުންތަކާއި، ސެމިނަރ އަދި ވޯކްޝޮޕްތަކުގައި، ކޯޓުން ހަމަޖައްސާ އުޞޫލަކުން ބައިވެރިވުމާއި، އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި، އަދި އަޅަންޖެހޭ ފިޔަވަޅުތައް އިސްޤާޟީގެ މަޝްވަރާއާއެކު އެޅުން.

16-  ރާއްޖެއާއި، ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ކޯޓުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް، އިސްޤާޟީގެ މަޝްވަރާއާއެކު، ރާވައި ހިންގުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

17-  ކޯޓުގެ ޝަރުޢީ އަދި އިދާރީ މަސައްކަތް ހަރުދަނާ ކުރުމަށް އިސްޤާޟީގެ މަޝްވަރާއާއެކު އަޅަންޖެހޭ ފިއަވަޅުތައް އެޅުން.

18-  ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތްނިންމުމަށްޓަކައި ކޯޓުގައިކުރިއަށް ގެންދާ، މުއްދަތުމަސައްކަތުގައި، ޑިއުޓީހަމަޖެހޭ ދުވަހަކު އެޑިއުޓީގައި ސުޕަވައިޒަރެއްގެ ގޮތުން މަސައްކަތްކުރުން.

 

ތަޢުލީމީ ރޮނގު

ޤާނޫނު ނުވަތަ ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ 

ގުޅޭ ވަޒީފާގެ ދާއިރާތައް

ޤާނޫނު / ޝަރީޢަތާއި ޤާނޫނު / ޝަރީޢާ 

ހުށަހަޅަންޖެހޭ ތަކެތި

1-      ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2-      ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ސްލިޕް

3-      ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5-      ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

6-      ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

7-      ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.

8-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

9-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

10- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2021 ޑިސެންބަރު 15 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340853 / 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  1. ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނު އަދި ކުޑަކުދިންގެ އަދުލުގެ ޤާނޫނާއި ޖުވެނައިލް ކޯޓުގެ ނިންމުންތަކާއި، އުޞޫލުތަކާއި، ޢާންމު ސިޓީތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހަލުވެރި ފަރާތަކަށްވުން.
  2. ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި، ވަޒީފާއާއި ބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހަލުވެރި ފަރާތަކަށްވުން.
  3. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  4. ކުރިން އަދާކޮށްފައިވާ މަޤާމުތަކުގައި ނަތީޖާ ޙާޞިލުކޮށްފައިވާ މިންވަރަށާއި ދައުލަތުގެ އިދާރީ  އެކިއެކި މަޤާމުތަކުގައި އިޚްލާސްތެރިކަމާއި ހުނަރުވެރިކަމާއެކު މަސައްކަތްކޮށްދީފައިވުން ނުވަތަ ޚިދުމަތްކުރުންމަތީ މިހާރުވެސް ސާބިތުކަމާއެކު ދެމިހުރި މީހެއް ކަމުގައިވުން. 
  5. މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތަކަށްވުން.
  6. ރާއްޖެއާއި، ރާއްޖެއިން ބޭރަށް ޖުވެނައިލް ކޯޓުން ކުރަންޖެހޭ ދަތުރުތަކުގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުމާއެކު، ޤައުމީ/ބައިނަލްއަޤުވާމީ ފެންވަރުގައި ޖުވެނައިލް ކޯޓު ތަމްސީލުކުރުމުގެ ޤާބިލުކަން ހުރި ފަރާތަކަށްވުން.
  7. ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ޓީމެއް ގޮވައިގެން އުޅުމުގެ ޤާބިލުކަންހުރި ފަރާތަކަށްވުން.
  8. މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  9. އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  10. ޝަރުޢީ ދާއިރާގެ ވަޒީފާތަކަށް އެކަށީގެންވާ އަޙްލާޤީ މިންގަނޑަށް ފެތޭ ފަރާތެއްތޯ ޔަޤީން ކުރުމަށްޓަކައި، ބެކްގްރައުންޑް ޗެކްކުރެވޭނެވެ.
06 ޑިސެންބަރު 2021
ހޯދާ