ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 198A/2021/232 |
|||||||||||||
ތާރީޚް: 06 ޑިސެންބަރު 2021 |
||||||||||||||
މަޤާމު |
ރަޖިސްޓްރަރ |
ރޭންކް: އެސް.ޕީ 3 |
||||||||||||
ޢަދަދު |
01 |
|||||||||||||
ކްލެސިފިކޭޝަން |
ސީނިއަރ ލީގަލް އެގްޒެކެޓިވް ލެވެލް 3 |
|||||||||||||
މަސައްކަތްކުރަންޖެހޭ ތަން |
ޖުވެނައިލް ކޯޓު |
|||||||||||||
އަސާސީ މުސާރަ |
-/13,400 ރުފިޔާ |
|||||||||||||
މިމަޤާމަށް ލިބޭ އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: -/7,370 (އަސާސީ މުސާރައިގެ %55) - ސަރވިސް އެލަވަންސް: -/3,000 - ލިވިންގ އެލަވަންސް: -/2,700 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ |
|||||||||||||
އަސާސީ ޝަރުޠު |
ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުޕީރިއާ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައިވުމާއި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން. މިގޮތުން
|
|||||||||||||
އެހެނިހެން ޝަރުތު |
|
|||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
މައިގަނޑު މަސައްކަތް 01- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިއުންތައް ބަލައިގަތުން. 02- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ކޯޓުގެ ޤަވާޢިދާ އެއްގޮތަށްތޯ ކަށަވަރުކުރުން. 03- ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން. 04- ކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން. 05- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެ ޚަޞްމުންކުރެ ޚަޞްމެއްގެ އެދުމުގެ މަތިން، އެ ފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން. 06- ޖުވެނައިލް ކޯޓުގެ ޤަވާޢިދުގައި، ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން. 07- ޤާޟީންގެ ޢާންމު މަޖިލީހުގެ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، ބައްދަލުވުންތައް ބާއްވާއިރު ޙާޒިރުވެ އިނުމާއި ބައްދަލުވުމުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން. 08- ކޯޓުގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދާ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން. 09- ޤާނޫނުތަކާއި ޤަވާޢިދުތައް، މައްސަލަ ބެލުމުގައާއި އެހެނިހެން ދިރާސާތަކަށްވެސް ފަސޭހަކަމާއެކު ފެންނާނެ އިންތިޒާމު ހަޖެއްސުން. މިގޮތުން ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ސޮފްޓް ކޮޕީ ރައްކާކޮށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ފިހުރިސްތު ހަދައި ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމް، ޒަމާނީ ވަޞީލަތްތަކުގެ އަލީގައި ހަމަޖެއްސުން. 10- ކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރި ކުރުމަށާއި އަދި ކޯޓުގެ ތަޞައްވަރު ރަނގަޅުކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި ކަންކަން ރާވައި ހިންގުމާއި، މިކަމާ ގުޅޭގޮތުން ތައްޔާރު ކުރަންޖެހޭ ލީފްލެޓްތަކާއި ލުއި ފޮތްފަދަ ތަކެތި ތައްޔާރުކުރުމުގެ އިންތިޒާމު ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ހަމަޖެއްސުން. 11- ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރާ ކުދިންކުރެ ރެކޯޑު ބެލެހެއްޓުމާއި ޝަރުޠުކޮށް ދޫކޮށްލެވޭ ކުދިންގެ ރެކޯޑު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން. 12- ނިމޭ މަސައްލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރެވޭކަން ކަށަވަރު ކުރާނެ ގޮތްތަކާއި އިންތިޒާމުތައް ހަމަޖެއްސުން. 13- ކޮމެންޓް ކުރުމަށް ކޯޓަށް ހުށަހެޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ކޮމެންޓް ކުރުމާއި އެކަން ކުރެވޭނެ ގޮތްތައް ހަމަޖެއްސުން. 14- ކޯޓުން އެކުލަވާލަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް އެކުލަވާލުމާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމު ހަމަޖެއްސުން. 15- ކޯޓުން ބައިވެރިވާންޖެހޭ، ޤާނޫނީ ކަންކަމާއި، ކުޑަކުދިންނާ ގުޅުންހުރި ބައްދަލުވުންތަކާއި، ސެމިނަރ އަދި ވޯކްޝޮޕްތަކުގައި، ކޯޓުން ހަމަޖައްސާ އުޞޫލަކުން ބައިވެރިވުމާއި، އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި، އަދި އަޅަންޖެހޭ ފިޔަވަޅުތައް އިސްޤާޟީގެ މަޝްވަރާއާއެކު އެޅުން. 16- ރާއްޖެއާއި، ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ކޯޓުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް، އިސްޤާޟީގެ މަޝްވަރާއާއެކު، ރާވައި ހިންގުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން. 17- ކޯޓުގެ ޝަރުޢީ އަދި އިދާރީ މަސައްކަތް ހަރުދަނާ ކުރުމަށް އިސްޤާޟީގެ މަޝްވަރާއާއެކު އަޅަންޖެހޭ ފިއަވަޅުތައް އެޅުން. 18- ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތްނިންމުމަށްޓަކައި ކޯޓުގައިކުރިއަށް ގެންދާ، މުއްދަތުމަސައްކަތުގައި، ޑިއުޓީހަމަޖެހޭ ދުވަހަކު އެޑިއުޓީގައި ސުޕަވައިޒަރެއްގެ ގޮތުން މަސައްކަތްކުރުން.
|
|||||||||||||
ތަޢުލީމީ ރޮނގު |
ޤާނޫނު ނުވަތަ ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ |
|||||||||||||
ގުޅޭ ވަޒީފާގެ ދާއިރާތައް |
ޤާނޫނު / ޝަރީޢަތާއި ޤާނޫނު / ޝަރީޢާ |
|||||||||||||
ހުށަހަޅަންޖެހޭ ތަކެތި |
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. 2- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ސްލިޕް 3- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ. 6- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 7- ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ. 8- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. 9- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. 10- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ. |
|||||||||||||
ސުންގަޑި |
2021 ޑިސެންބަރު 15 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. |
|||||||||||||
އިތުރު މަޢުލޫމާތު |
|
|||||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
|
|||||||||||||
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|