ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ސިކިއުރިޓީ އައުޓުސޯސްކުރުން

ނަންބަރު: GS-119/IUL/2021/07

   ސްކޫލްގެ ސެކިއުރިޓީ އައުޓް ސޯސް ކުރުމާއި ގުޅޭ

2022 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި ޚިދުމަތްދިނުމަށްއެދި ބީލަންހުށަހެޅޭނީ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މިގޮތުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮންކުންފުންޏެއްކަން އެގޭނެ ލިޔުމެށް ހުށަހަޅުންވަންވާނެއެވެ.

  1. ވީމާ ބީލަމުގައިބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2 ޑިސެމްބަރ 2021  އިން 9 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30  އިން މެންދުރުފަހު 13:00 ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.
  2. މި ޕްރޮޖެކްޓާއިބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 9 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.   
  3. 2. މި ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންއޮންނާނީ 7 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ. މައުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭސަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަންވާނެއެވެ.
  4. ބީލަންހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ.
  5. ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައިނަންނޯޓް ނުކުރައްވާފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުނުގައި ބައިވެރި ނުވެވޭނެވާހަކަ ދަންނަވަމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތުގެ ސޮފްޓްކޮޕީ 2 ޑިސެމްބަރ 2021  އިން 9 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30  އިން މެންދުރުފަހު 13:00 ދެމެދު މި ސުކޫލަށް ދުރުވުމުން ލިބިވަޑައިގަންނަވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  8. 8.      ޕްރޮކިއުމަންޓް ސެކްޝަން   ލަންދޫ ސްކޫލް ނ. ލަންދޫ، ދިވެހިރާއްޖެ.
  9. ފޯން: 6560576  ، އީ-މެއިލް: [email protected] ،ކޮޕީ-މެއިލް: [email protected]

      ވީމާ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

1443    D   26

01 ޑިސެމްބަރ  2021

01 ޑިސެންބަރު 2021
ހޯދާ