މަސައްކަތް
ނަންބަރު: GS-119/2021/08
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި:
12 ޑިސެންބަރު 2021 00:00
ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސިކިއުރިޓީ އައުޓުސޯސްކުރުން
ނަންބަރު: GS-119/IUL/2021/07
ސްކޫލްގެ ސެކިއުރިޓީ އައުޓް ސޯސް ކުރުމާއި ގުޅޭ
2022 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މި ޚިދުމަތްދިނުމަށްއެދި ބީލަންހުށަހެޅޭނީ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިގޮތުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮންކުންފުންޏެއްކަން އެގޭނެ ލިޔުމެށް ހުށަހަޅުންވަންވާނެއެވެ.
- ވީމާ ބީލަމުގައިބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2 ޑިސެމްބަރ 2021 އިން 9 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 13:00 ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.
- މި ޕްރޮޖެކްޓާއިބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 9 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.
- 2. މި ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންއޮންނާނީ 7 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ. މައުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭސަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަންވާނެއެވެ.
- ބީލަންހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ.
- ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައިނަންނޯޓް ނުކުރައްވާފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުނުގައި ބައިވެރި ނުވެވޭނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތުގެ ސޮފްޓްކޮޕީ 2 ޑިސެމްބަރ 2021 އިން 9 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 13:00 ދެމެދު މި ސުކޫލަށް ދުރުވުމުން ލިބިވަޑައިގަންނަވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- 8. ޕްރޮކިއުމަންޓް ސެކްޝަން ލަންދޫ ސްކޫލް ނ. ލަންދޫ، ދިވެހިރާއްޖެ.
- ފޯން: 6560576 ، އީ-މެއިލް: [email protected] ،ކޮޕީ-މެއިލް: [email protected]
ވީމާ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
1443 D 26
01 ޑިސެމްބަރ 2021
01 ޑިސެންބަރު 2021