| 
 އިޢުލާން 
 | 
| 
 ތާރީޚް: 
 | 
 28 ނޮވެމްބަރ 2021 
 | 
 ނަންބަރު: 
 | 
 (IUL)401-E/401/2021/377 
 | 
| 
 23 ރަބީޢުލްއާޚިރު 1443 
 | 
 އިޢުލާންގެ ވަނަ: 
 | 
 01 
 | 
| 
 ބޮޑުތަކުރުފާނުމަގު ސާފުކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 
 | 
| 
   
 | 
| 
 ލ. ފޮނަދޫ ބޮޑުތަކުރުފާނުމަގު (ލިންކް ރޯޑު) 02 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް / ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
  
| 
 ސާފުކޮށް ބަލަހައްޓަން ޖެހޭ ސަރަހައްދުތަކުގެ މަޢުލޫމާތު 
 | 
 
| 
 ސަރަހައްދު 
 | 
 ޒޯން 
 | 
 ދިގުމިން (ފޫޓް) 
 | 
 ހުށަހެޅޭނެ އެންމެ މަތީ އަގު (މަހަކަށް) 
 | 
 
| 
 ބޮޑުތަކުރުފާނުމަގުގެ ދެކުނުކޮޅުން ފެށިގެން ތާރުއަޅާފައިވާ ސަރަޙައްދާ ހަމައަށް 
 | 
 1 
 | 
 2150 
 | 
 7،000.00ރ 
 | 
 
| 
 ދެކުނުކޮޅުން ތާރުއަޅާފައިވާ ސަރަޙައްދުން ފެށިގެން ސަރަހައްދީމަގުގެ ދެކުނު ކަނާއި ހަމައަށް 
 | 
 2 
 | 
 1700 
 | 
 6،000.00ރ 
 | 
 
| 
 ސަރަހައްދީމަގުގެ ދެކުނު ކަނާއި ހަމައިން އަމީނީމަގުގެ ދެކުނު ކަނާއި ހަމައަށް 
 | 
 3 
 | 
 1590 
 | 
 6،000.00ރ 
 | 
 
| 
 އަމީނީމަގުގެ ދެކުނު ކަނާއި ހަމައިން އަންދަލީބުމަގުގެ ދެކުނު ކަނާއި ހަމައަށް 
 | 
 4 
 | 
 1448 
 | 
 4،000.00ރ 
 | 
 
| 
 އަންދަލީބުމަގުގެ ދެކުނު ކަނާއި ހަމައިން ވެލާނާމަގުގެ ދެކުނުކަނާއި ހަމައަށް 
 | 
 5 
 | 
 1650 
 | 
 4,000.00ރ 
 | 
 
| 
 ވެލާނާމަގުގެ ދެކުނުކަނާއި ހަމައިން ތަށަވައްމަގުގެ ދެކުނުކަނާއި ހަމައަށް 
 | 
 6 
 | 
 1820 
 | 
 5،000.00ރ 
 | 
 
| 
 ތަށަވައްމަގުގެ ދެކުނު ކަނާއި ހަމައިން ކޯޒްވޭގެ ދެކުނުކޮޅާއި ހަމައަށް 
 | 
 7 
 | 
 2515 
 | 
 6،500.00ރ 
 | 
 
 
 
  
 | 
| 
 ބީލަމުގައި ރަޖިސްޓްރީވުން 
 | 
- މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
 
- §        ރަޖިސްޓްރީ ވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމެންޓް އަގަކީ -/150ރ އެވެ. 
 
- ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑު ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ  29 ނޮވެމްބަރ 2021 (ހޯމަ) ދުވަހުން ފެށިގެން 12 ޑިސެމްބަރ2021 (އާދީއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޮނަދޫ ކައުންސިލްގެ އިދާރާއަށެވެ.
 
- މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ. 
 
 
 | 
| 
 މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން 
 | 
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
 
- މަސައްކަތާބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
 
- އިތުރަށް މަޢުލޫމާތު [email protected]އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
 
 
 | 
| 
 ބީލަން ހުށަހެޅުން / ބީލަން ހުޅުވުން 
 | 
- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
 
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
 
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
 
 
 |