މަސައްކަތް
ނަންބަރު: (IUL)401-E/401/2021/377
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 16 ޑިސެންބަރު 2021 13:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުތަކުރުފާނުމަގު ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

28 ނޮވެމްބަރ 2021

ނަންބަރު:

(IUL)401-E/401/2021/377

23 ރަބީޢުލްއާޚިރު 1443

އިޢުލާންގެ ވަނަ:

01

ބޮޑުތަކުރުފާނުމަގު ސާފުކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

ލ. ފޮނަދޫ ބޮޑުތަކުރުފާނުމަގު (ލިންކް ރޯޑު) 02 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް / ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ސާފުކޮށް ބަލަހައްޓަން ޖެހޭ ސަރަހައްދުތަކުގެ މަޢުލޫމާތު

ސަރަހައްދު

ޒޯން

ދިގުމިން (ފޫޓް)

ހުށަހެޅޭނެ އެންމެ މަތީ އަގު (މަހަކަށް)

ބޮޑުތަކުރުފާނުމަގުގެ ދެކުނުކޮޅުން ފެށިގެން ތާރުއަޅާފައިވާ ސަރަޙައްދާ ހަމައަށް

1

2150

7،000.00ރ

ދެކުނުކޮޅުން ތާރުއަޅާފައިވާ ސަރަޙައްދުން ފެށިގެން ސަރަހައްދީމަގުގެ ދެކުނު ކަނާއި ހަމައަށް

2

1700

6،000.00ރ

ސަރަހައްދީމަގުގެ ދެކުނު ކަނާއި ހަމައިން އަމީނީމަގުގެ ދެކުނު ކަނާއި ހަމައަށް

3

1590

6،000.00ރ

އަމީނީމަގުގެ ދެކުނު ކަނާއި ހަމައިން އަންދަލީބުމަގުގެ ދެކުނު ކަނާއި ހަމައަށް

4

1448

4،000.00ރ

އަންދަލީބުމަގުގެ ދެކުނު ކަނާއި ހަމައިން ވެލާނާމަގުގެ ދެކުނުކަނާއި ހަމައަށް

5

1650

4,000.00ރ

ވެލާނާމަގުގެ ދެކުނުކަނާއި ހަމައިން ތަށަވައްމަގުގެ ދެކުނުކަނާއި ހަމައަށް

6

1820

5،000.00ރ

ތަށަވައްމަގުގެ ދެކުނު ކަނާއި ހަމައިން ކޯޒްވޭގެ ދެކުނުކޮޅާއި ހަމައަށް

7

2515

6،500.00ރ

 

ބީލަމުގައި ރަޖިސްޓްރީވުން

  • މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • §        ރަޖިސްޓްރީ ވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމެންޓް އަގަކީ -/150ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑު ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ  29 ނޮވެމްބަރ 2021 (ހޯމަ) ދުވަހުން ފެށިގެން 12 ޑިސެމްބަރ2021 (އާދީއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޮނަދޫ ކައުންސިލްގެ އިދާރާއަށެވެ.
  • މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ. 

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • މަސައްކަތާބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
  • އިތުރަށް މަޢުލޫމާތު [email protected]އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
28 ނޮވެންބަރު 2021