ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމާއި ބެހޭ (ގދ.ގައްދޫ ގަބުރުސްތާނު ގޭޓް ހެދުން)

(IUL)419-ESMSPR/419/2021/61

އަންދާސީ ހިސާބު ހޯދުމާއި ބެހޭ

 

            މިއިދާރާގެ ބެލެމުގެ ދަށުގައިވާ ޤަބުރުސްތާނަށް ވަންނަން އިންނަ ދޮރާށީގައި ހުރި ލަކުޑި ދޮރު ނަގާ އެދޮރު 6 ފޫޓް ފުޅާ މިނަށް ބޮޑުކޮށް ދަގަނޑު ހޮޅިން ގޭޓެއް ހަދާ ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށް ދޭނެ ފަރާތެއް ބޭނުން ވެއްޖެ އެވެ.  މިމަސައްކަތައް ފުރުސަތު ހުޅުވާ ލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަސައްކަތުގެ މައުލޫމާތު ހިމަނައިގެން އަންދާސީހިސާބު  2021 ނޮވެންބަރ25  ވަނަ ދުވަހުގެ  12:00 ކުރިން މިކައުންސިލް އިދާރާ އަށް  އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

ޤަބުރުސްތާނު ގޭޓް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް

v     ޤަބުރުސްތާނު ގޭޓް ގައި މިހާރު ހުރި ލަކުޑި ދޮރު ނެގުމާއި، 6 ފޫޓް ފުޅާމިނަށް ޖޭޓް ބޮޑުކުރުން.

v     ގޭޓް ހަދަންވާނީ 1 އިންޗި ދަގަނޑު ހޮޅި ބޭނުން ކޮށްގެންނެވެ.

v     ގޭޓް ހުންނަން ވާނީ އެތެރެއަށް ހުޅުވޭގޮތަށެވެ. ގޭޓްހުންނަން ވާނި ރަގަޅަށް ދަވާދުލެވިފައެވެ.

v     ގޭޓުގެ ދެފަރާތުގައި 6 އިންޗިގެ ކޮންކްރީޓް 2 ތަބުޖެހުން ތަބުޖަހާނީ ކޮންމެ ތަބަކަށް 2 ދަގަނޑު ލައްވާގެންނެވެ.

v     ބިންސާފު ކުރުމާއި ގާކުޑި އުކާލުން (ކައުންސިލުން ދައްކާތަނަކަށް)

v     ފާރު ގައި ސިމިންތިޖެހުން ، ކުލަޔާއި ދަވާދުލުން

v     ގޭޓް ހުންނަން ވާނީ ތަޅުލެވޭ ގޮތަށް ތަޅުފައްގަނޑު ހަރުކުރެވިފައެވެ.

v      ގޭޓް ކުރެހުން މިކައުންސިލުގެ ޕްރޮޖެކްޓް ޔުނިޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  22 ނޮވެންބަރ 2021

22 ނޮވެންބަރު 2021
ހޯދާ