ދިވެހިރާއްޖެ
(IUL)419-ESMSPR/419/2021/61
އަންދާސީ ހިސާބު ހޯދުމާއި ބެހޭ
މިއިދާރާގެ ބެލެމުގެ ދަށުގައިވާ ޤަބުރުސްތާނަށް ވަންނަން އިންނަ ދޮރާށީގައި ހުރި ލަކުޑި ދޮރު ނަގާ އެދޮރު 6 ފޫޓް ފުޅާ މިނަށް ބޮޑުކޮށް ދަގަނޑު ހޮޅިން ގޭޓެއް ހަދާ ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށް ދޭނެ ފަރާތެއް ބޭނުން ވެއްޖެ އެވެ. މިމަސައްކަތައް ފުރުސަތު ހުޅުވާ ލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަސައްކަތުގެ މައުލޫމާތު ހިމަނައިގެން އަންދާސީހިސާބު 2021 ނޮވެންބަރ25 ވަނަ ދުވަހުގެ 12:00 ކުރިން މިކައުންސިލް އިދާރާ އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
ޤަބުރުސްތާނު ގޭޓް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް
v ޤަބުރުސްތާނު ގޭޓް ގައި މިހާރު ހުރި ލަކުޑި ދޮރު ނެގުމާއި، 6 ފޫޓް ފުޅާމިނަށް ޖޭޓް ބޮޑުކުރުން.
v ގޭޓް ހަދަންވާނީ 1 އިންޗި ދަގަނޑު ހޮޅި ބޭނުން ކޮށްގެންނެވެ.
v ގޭޓް ހުންނަން ވާނީ އެތެރެއަށް ހުޅުވޭގޮތަށެވެ. ގޭޓްހުންނަން ވާނި ރަގަޅަށް ދަވާދުލެވިފައެވެ.
v ގޭޓުގެ ދެފަރާތުގައި 6 އިންޗިގެ ކޮންކްރީޓް 2 ތަބުޖެހުން ތަބުޖަހާނީ ކޮންމެ ތަބަކަށް 2 ދަގަނޑު ލައްވާގެންނެވެ.
v ބިންސާފު ކުރުމާއި ގާކުޑި އުކާލުން (ކައުންސިލުން ދައްކާތަނަކަށް)
v ފާރު ގައި ސިމިންތިޖެހުން ، ކުލަޔާއި ދަވާދުލުން
v ގޭޓް ހުންނަން ވާނީ ތަޅުލެވޭ ގޮތަށް ތަޅުފައްގަނޑު ހަރުކުރެވިފައެވެ.
v ގޭޓް ކުރެހުން މިކައުންސިލުގެ ޕްރޮޖެކްޓް ޔުނިޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ނޮވެންބަރ 2021