ދިވެހިރާއްޖެ
އިޢުލާން
ފ.އަތޮޅު ހޮސްޕިޓަލްގެ ބާޢިމާރާތުގެ ފުރާޅުޓިނުނަގައި އަލުން ޓިނުޖެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިހޮސްޕިޓަލްގެ ބާޢިމާރާތުގެ އެއްފުރާޅު ބާވެހަލާކުވެފައިވާތީ އެފުރާޅުގެ ޓިނުނަގައި އަލުން ޓިނު ޖަހައިދޭނެ ފަރާތެއްހޯދުމަށް ކުރި ނަމްބަރު: (IUL)FAH-A/FAH/2021/29 (19 އޮކްޓޯބަރ 2021) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެމަސައްކަތް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ނޮވެމްބަރ 17 ވާ ބުދަ ދުވަހުގެ 11:00އަށް ހޮސްޕިޓަލްގެ އޮފީހަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތުގެ މައުލޫމާތު ކަރުދާސް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައި ވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.