މަސައްކަތް
ނަންބަރު: (IUL)FAH-A/FAH/2021/31
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 17 ނޮވެންބަރު 2021 11:00
ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފ.އަތޮޅު ހޮސްޕިޓަލްގެ ބާޢިމާރާތުގެ ފުރާޅު ޓިނުނަގައި އަލުން ޓިނުޖެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

އިޢުލާން

ފ.އަތޮޅު ހޮސްޕިޓަލްގެ ބާޢިމާރާތުގެ ފުރާޅުޓިނުނަގައި އަލުން ޓިނުޖެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

 މިހޮސްޕިޓަލްގެ ބާޢިމާރާތުގެ އެއްފުރާޅު ބާވެހަލާކުވެފައިވާތީ އެފުރާޅުގެ ޓިނުނަގައި އަލުން ޓިނު ޖަހައިދޭނެ ފަރާތެއްހޯދުމަށް ކުރި ނަމްބަރު: (IUL)FAH-A/FAH/2021/29 (19 އޮކްޓޯބަރ 2021) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެމަސައްކަތް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ނޮވެމްބަރ 17 ވާ ބުދަ ދުވަހުގެ 11:00އަށް ހޮސްޕިޓަލްގެ އޮފީހަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މިމަސައްކަތުގެ މައުލޫމާތު ކަރުދާސް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައި ވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

02 ނޮވެންބަރު 2021