ދިވެހިރާއްޖެ
ނަންބަރ: (IUL)366/2021/25
އިޢުލާނު
ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ.
މިރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާ ލަމެވެ.
ރަޖިސްޓަރީ ކުރުން: މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 8 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް (([email protected] މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާފަރާތްތަކަށެވެ.
މަޢުލޫމާތު ކަރުދާސް ދޫކުރުން: ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ކަރުދާސް ފޮނުވޭނެއެވެ.
ޕްރޮޕޯޝަލް ހުށަހެޅުން: ޕްރޮޕޯޝަލް ހުށަހެޅުމުގެ ސުންގަޑިޔަކީ 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. ޕްރޮޕޯޝަލް ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ޕްރޮޕޯޝަލެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. ޕްރޮޕޯޝަލް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް މިއިދާރާގެ (([email protected] އަށް ނުވަތަ މިއިދާރާއަށް ދުރުވެއެވެ.
އިތުރު މަޢުލޫމާތު: މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެލައްވާނަމަ މިއިދާރާގެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
25 ރަބީޢުލްއައްވަލު 1443
31 އޮކްޓޫބަރ 2021
އަޙްމަދު ސަޢީދު
ކައުންސިލްގެ ނައިބު ރައީސް