މަސައްކަތް
ނަންބަރު: (IUL)366/2021/25
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 18 ނޮވެންބަރު 2021 12:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                                                       ނަންބަރ:     (IUL)366/2021/25

އިޢުލާނު

 

ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ.

 

            މިރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާ ލަމެވެ.

 

ރަޖިސްޓަރީ ކުރުން:  މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 8 ނޮވެމްބަރ 2021 ވާ ހޯމަ  ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް (([email protected] މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާފަރާތްތަކަށެވެ.

މަޢުލޫމާތު ކަރުދާސް ދޫކުރުން: ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ކަރުދާސް ފޮނުވޭނެއެވެ.

ޕްރޮޕޯޝަލް ހުށަހެޅުން: ޕްރޮޕޯޝަލް ހުށަހެޅުމުގެ ސުންގަޑިޔަކީ 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. ޕްރޮޕޯޝަލް ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ޕްރޮޕޯޝަލެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. ޕްރޮޕޯޝަލް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް މިއިދާރާގެ (([email protected] އަށް ނުވަތަ މިއިދާރާއަށް ދުރުވެއެވެ.

އިތުރު މަޢުލޫމާތު: މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެލައްވާނަމަ މިއިދާރާގެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ރަބީޢުލްއައްވަލު 1443

31  އޮކްޓޫބަރ 2021

 

                                                   އަޙްމަދު ސަޢީދު

                                                ކައުންސިލްގެ ނައިބު ރައީސް

31 އޮކްޓޫބަރު 2021