އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 24 އޮކްޓޯބަރ 2021

ނަންބަރު: IUL)486-AP/1/2021/1030)

 

 

އިޢުލާނު

މި އޮފީހުގެ ނަންބަރު 486/1/2021/1025(IUL) (29 އޮގަސްޓް 2021) އިއުލާނާ ގުޅިގެން، އިންވެސްޓިގޭޓަރ މަޤާމަށް ޝޯޓްލިސްޓްވި ފަރާތްތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ކެންޑިޑޭޓުން އިމްތިހާނާއި އިންޓަވިއުއަށް ހާޒިރުވެފައިނުވާތީ، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

އިންވެސްޓިގޭޓަރ

ކްލެސިފިކޭޝަން އަދި ގްރޭޑް

އެގްޒެކެޓިވް އޮފިސަރ ގްރޭޑް 3

ރޭންކް

އޯޓީޖޭ ޕީ11

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް

މުސާރަ:

15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.   ޤާނޫނު ނަންބަރު: 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގެ ދަށުން  އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ އެންމެހާ މައްސަލަތައް ހެޑް އޮފް ޓެކްނިކަލް ސަޕޯޓް އަދި ލީޑް އިންވެސްޓިގޭޓަރގެ އިރުޝާދު މަތިން ތަޙްޤީޤުކުރުން.

2.   އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލާތަކާއި ގުޅޭގޮތުން ނަގަންޖެހޭ ބަޔާންތައް ނެގުމާއި މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ޒިޔާރަތްތަކުގައި ބައިވެރިވުން

3.    ހަވާލުކުރެވޭ ތަޙްޤީޤުތައް ނިންމުމަށްފަހު ރިޕޯޓު އެކުކަވާލާ  އޮމްބަޑްސްޕަރސަނުންނަށް ހެޑް އޮފް ޓެކްނިކަލް ސަޕޯޓްގެ އިރުޝާދުގެ މަތިން ފޮނުވުން.

4.    ތަޙްޤީޤު ކުރާ މައްސަލަތަކުގެ ރިޕޯޓާއި ތަޙުޤީޤާއި ގުޅޭ ލިޔެކިޔުންތަކުގެ ރެކޯޑް ރަގަޅަށް ބެލެހެއްޓުން.

5.   އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ކަމެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން  ދެނެގަނެ ޖަވާބުދާރީކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

6.   އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއްކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނަރަލައަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން   

7.    އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ، ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކާއި ޒިންމާއުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދީ ފަރުވާ ހޯދުމަށް ފޮނުވަން ޖެހޭފަރާތްތަކަށް ފޮނުވުމުގެ  މަސައްކަތްކުރުން.

8.   އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު މަދަނީ ދަޢުވާ އުފުލަންޖެހޭ ފަރާތްތަކަށް ދަޢުވާކުރުމަށް ބަންޑާރަ ނައިބަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

9.   ތަޙުޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމުގެ އެންމެހާ މައްސަކަތްތައް ކުރުން.

10.  މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: އިންވެސްޓިގޭޝަން

 

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

 

ނޯޓް: މި މަޤާމަށް މީހަކު ހޮވުމަށް ކުރިންކޮށްފައިވާ އިޢްލާނާގުޅިގެން ޝަރުޠުހަމަވެ އިންޓަވިއުއަށް ހާޒިރުވުމަށް އެންގި ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމްގެ އިތުރުން 2 އިން 7 އަށް ހުރި ލިޔުންތައް ހުށަހެޅުން ލާޒިމެއް ނޫނެވެ.

 

ސުންގަޑި:

  04 ނޮވެމްބަރ 2021 ގެ 14:00

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަނެއްގެ ނުވަތަ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ދޮންދަރިން، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223473

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

                                   18 ރަބީޢުއްއައްވަލު 1443

24 އޮކްޓޫބަރު 2021
ހޯދާ