ދިވެހިރާއްޖެ
ތާރީޚް: 24 އޮކްޓޯބަރ 2021
ނަންބަރު: IUL)486-AP/1/2021/1030)
އިޢުލާނު މި އޮފީހުގެ ނަންބަރު 486/1/2021/1025(IUL) (29 އޮގަސްޓް 2021) އިއުލާނާ ގުޅިގެން، އިންވެސްޓިގޭޓަރ މަޤާމަށް ޝޯޓްލިސްޓްވި ފަރާތްތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ކެންޑިޑޭޓުން އިމްތިހާނާއި އިންޓަވިއުއަށް ހާޒިރުވެފައިނުވާތީ، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ. |
|
މަޤާމު: |
އިންވެސްޓިގޭޓަރ |
ކްލެސިފިކޭޝަން އަދި ގްރޭޑް |
އެގްޒެކެޓިވް އޮފިސަރ ގްރޭޑް 3 |
ރޭންކް |
އޯޓީޖޭ ޕީ11 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް |
ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް |
މުސާރަ: |
15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ) |
ސަރވިސް އެލަވަންސް: |
6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ޤާނޫނު ނަންބަރު: 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގެ ދަށުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ އެންމެހާ މައްސަލަތައް ހެޑް އޮފް ޓެކްނިކަލް ސަޕޯޓް އަދި ލީޑް އިންވެސްޓިގޭޓަރގެ އިރުޝާދު މަތިން ތަޙްޤީޤުކުރުން. 2. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލާތަކާއި ގުޅޭގޮތުން ނަގަންޖެހޭ ބަޔާންތައް ނެގުމާއި މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ޒިޔާރަތްތަކުގައި ބައިވެރިވުން 3. ހަވާލުކުރެވޭ ތަޙްޤީޤުތައް ނިންމުމަށްފަހު ރިޕޯޓު އެކުކަވާލާ އޮމްބަޑްސްޕަރސަނުންނަށް ހެޑް އޮފް ޓެކްނިކަލް ސަޕޯޓްގެ އިރުޝާދުގެ މަތިން ފޮނުވުން. 4. ތަޙްޤީޤު ކުރާ މައްސަލަތަކުގެ ރިޕޯޓާއި ތަޙުޤީޤާއި ގުޅޭ ލިޔެކިޔުންތަކުގެ ރެކޯޑް ރަގަޅަށް ބެލެހެއްޓުން. 5. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ކަމެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ ޖަވާބުދާރީކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން. 6. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއްކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނަރަލައަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން 7. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ، ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކާއި ޒިންމާއުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދީ ފަރުވާ ހޯދުމަށް ފޮނުވަން ޖެހޭފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްކުރުން. 8. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު މަދަނީ ދަޢުވާ އުފުލަންޖެހޭ ފަރާތްތަކަށް ދަޢުވާކުރުމަށް ބަންޑާރަ ނައިބަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން. 9. ތަޙުޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމުގެ އެންމެހާ މައްސަކަތްތައް ކުރުން. 10. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަސައްކަތާއި ގުޅޭ ދާއިރާ: އިންވެސްޓިގޭޝަން
|
ރަސްމީ ގަޑި: |
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް |
ހުށަހަޅަންޖެހޭ ލިޔުންތައް: |
ނޯޓް: މި މަޤާމަށް މީހަކު ހޮވުމަށް ކުރިންކޮށްފައިވާ އިޢްލާނާގުޅިގެން ޝަރުޠުހަމަވެ އިންޓަވިއުއަށް ހާޒިރުވުމަށް އެންގި ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމްގެ އިތުރުން 2 އިން 7 އަށް ހުރި ލިޔުންތައް ހުށަހެޅުން ލާޒިމެއް ނޫނެވެ.
|
ސުންގަޑި: |
04 ނޮވެމްބަރ 2021 ގެ 14:00 |
އެހެނިހެން: |
އެޕްލިކޭޝަން ފޯމު އީމެއިލް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |
18 ރަބީޢުއްއައްވަލު 1443