ދިވެހިރާއްޖެ
މަޤާމް: |
ކޭޝިއަރ |
އޮފީސް: |
ށ.ފުނަދޫ ކައުންސިލްގެ އިދާރާ / އިންޖީނުގެ |
މުސާރަ: ސަރވިސް އެލަވަންސް: އުޖޫރައާއި ޢިނާޔަތްތައް:
މަސައްކަތް ކުރަންޖެހޭ ވަގުތު: |
މަހަކު -/3,565 ރުފިޔާ -/1,500 ރުފިޔާ މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ، އަދި އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެ ސަރުކާރުގެ ރަސްމީ ވަގުތު |
ވަޒީފާގެ މުއްދަތު: ވަޒީފާގެ ބާވަތް: ބޭނުންވާ އަދަދު: |
01 އަހަރު ކޮންޓްރެކްޓް 01 |
މަޤާމުގެ ޝަރުތު: |
|
01- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން
ނުވަތަ
02- ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން '' ޑީ '' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
01- ކަރަންޓްފީ ބަލައިގަތުން.
02- ކަރަންޓްފީގެ ބިލްތައް މަހުންމަހަށް ފޮނުވުން.
03- މަގޭސާފު ފުނަދޫ ޕްރޮގްރާމްގެ ފައިސާ ބަލައިގަތުން.
04- ޕްރީސްކޫލް ފީ ބަލައިގަތުން.
05- ކައުންސިލް އިދާރާއަށް ބަލައިގަންނަންޖެހޭ އެހެނިހެން ފީތައް ބަލައިގަތުން
06- ލިބޭފައިސާގެ ދުވަހު ރިޕޯޓްތައްޔާރުކުރުން.
މަޤާމަށް އެދެންވީ ސުންގަޑި:
- 31 އޮކްޓޯބަރ 2021 ވަނަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ށ.ފުނަދޫ ކައުންސިލް އިދާރާއަށެވެ.
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
- އިންޓަވިއު އޮންނާނީ، 01 ނޮވެމްބަރ 2021 އާއި 04 ނޮވެމްބަރ 2021 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރި ފުނަދޫ ކައުންސިލްގެ އިދާރާ ގައެވެ.
ހުށަހަޅަންޖެހޭ ލިއުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ށ.ފުނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
3- ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިޔަތު އެނގޭނެ ލިޔުމެއް
4- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭ ނަންބަރާއި އީ-މެއިލްއެޑްރެހާއެކު )
މިވަޒީފާއަށްހޮވޭ ފަރާތް މަސައްކަތަށް ކަމުދާނަމަ އަހަރު ހަމަވުމުގެ ކުރިން ކައުންސިލުން ނިންމާގޮތެއްގެ މަތީން ކޮންޓްރެކްޓް އާކުރެވޭނެއެވެ.