ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)283-AH/2021/53
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 31 އޮކްޓޫބަރު 2021 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭޝިއަރ

މަޤާމް:

ކޭޝިއަރ

އޮފީސް:

ށ.ފުނަދޫ ކައުންސިލްގެ އިދާރާ / އިންޖީނުގެ

މުސާރަ:

ސަރވިސް އެލަވަންސް:

އުޖޫރައާއި ޢިނާޔަތްތައް:

 

މަސައްކަތް ކުރަންޖެހޭ ވަގުތު:

މަހަކު -/3,565  ރުފިޔާ

-/1,500 ރުފިޔާ

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ، އަދި އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެ

ސަރުކާރުގެ ރަސްމީ ވަގުތު

ވަޒީފާގެ މުއްދަތު:    

ވަޒީފާގެ ބާވަތް:

ބޭނުންވާ އަދަދު:

01 އަހަރު

ކޮންޓްރެކްޓް

01

މަޤާމުގެ ޝަރުތު:

 

01- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

 ނުވަތަ

02- ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން '' ޑީ '' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

01- ކަރަންޓްފީ ބަލައިގަތުން.

02- ކަރަންޓްފީގެ ބިލްތައް މަހުންމަހަށް ފޮނުވުން.

03- މަގޭސާފު ފުނަދޫ ޕްރޮގްރާމްގެ ފައިސާ ބަލައިގަތުން.

04-  ޕްރީސްކޫލް ފީ ބަލައިގަތުން.

05-  ކައުންސިލް އިދާރާއަށް ބަލައިގަންނަންޖެހޭ އެހެނިހެން ފީތައް ބަލައިގަތުން

06-  ލިބޭފައިސާގެ ދުވަހު ރިޕޯޓްތައްޔާރުކުރުން.

މަޤާމަށް އެދެންވީ ސުންގަޑި:

  • 31 އޮކްޓޯބަރ 2021 ވަނަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ށ.ފުނަދޫ ކައުންސިލް އިދާރާއަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • އިންޓަވިއު އޮންނާނީ، 01 ނޮވެމްބަރ 2021 އާއި 04 ނޮވެމްބަރ 2021 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރި ފުނަދޫ ކައުންސިލްގެ އިދާރާ ގައެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1-    ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ށ.ފުނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-    ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3-    ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިޔަތު އެނގޭނެ ލިޔުމެއް

4-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-    ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭ ނަންބަރާއި އީ-މެއިލްއެޑްރެހާއެކު )

މިވަޒީފާއަށްހޮވޭ ފަރާތް މަސައްކަތަށް ކަމުދާނަމަ އަހަރު ހަމަވުމުގެ ކުރިން ކައުންސިލުން ނިންމާގޮތެއްގެ މަތީން ކޮންޓްރެކްޓް އާކުރެވޭނެއެވެ.

24 އޮކްޓޫބަރު 2021