މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.އެސްގެ ބައެއް ގުދަންތައް ހުސްކުރުމާއި ބެހޭ
މި މިނިސްޓްރީގެ ބެލުމުގެ ދަށުން އެމް.އެން.އެސް.އެލްގެ ބައެއް އިމާރާތްތަކުގައި ހުރި ގުދަންތައް ހުސްކުރުމަށް ބޭނުންވެއެވެ.
ޕްރީ-ބިޑް މީޓިންގ: 17 އޮކްޓޫބަރ 2021، 11:00 އަށް (އެމް.އެން.އެސް.އެލްގެ ހައުސް ޕްލާޒާގެ ގޯތިތެރެ – ޝީ ބިލްޑިންގ ކުރިމަތި)
އަންދާސީ ހިސާބު ހުށަހެޅުން: 20 އޮކްޓޫބަރ 2021، 11:00 އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ހައުސް ޕްލާޒާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
12 އޮކްޓޫބަރު 2021
ހޯދާ