މަސައްކަތް
ނަންބަރު: (IUL)13-E/13/2021/308
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 17 އޮކްޓޫބަރު 2021 11:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އެމް.އެން.އެސްގެ ބައެއް ގުދަންތައް ހުސްކުރުމާއި ބެހޭ

މި މިނިސްޓްރީގެ ބެލުމުގެ ދަށުން އެމް.އެން.އެސް.އެލްގެ ބައެއް އިމާރާތްތަކުގައި ހުރި ގުދަންތައް ހުސްކުރުމަށް ބޭނުންވެއެވެ.

ޕްރީ-ބިޑް މީޓިންގ:           17 އޮކްޓޫބަރ 2021، 11:00 އަށް (އެމް.އެން.އެސް.އެލްގެ ހައުސް ޕްލާޒާގެ ގޯތިތެރެ – ޝީ ބިލްޑިންގ ކުރިމަތި)

އަންދާސީ ހިސާބު ހުށަހެޅުން:     20 އޮކްޓޫބަރ 2021، 11:00 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ހައުސް ޕްލާޒާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

12 އޮކްޓޫބަރު 2021