ދިވެހިރާއްޖެ
(IUL) 297-EP/297/2021/65
އިޢުލާން
ބީލަން ހުށަހެޅުމުގެ ދައުވަތު
ވެލިދޫ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުގައި ގާއިމްކުރާ އިންޑޯ ޖިމް 2 އަހަރުދުވަހުގެ މުއްދަތަށް ހިންގަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިއިއުލާނާއެކު ގެޒެޓްކުރެވިފައިވާ މަޢުލޫމާތާއެއްގޮތަށް މިކަމަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
މިއިއުލާނާއި ގުޅިގެން މިއިދާރާގެ ނަންބަރު:297/297/2021/58(IUL) އިއުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެގޮތް:
# |
މާރކްސްދެވޭ ކްރައިޓީރިއާ |
މާރކްސް |
1 |
އިންޑޯ ޖިމް ހިންގާނެގޮތުގެ ޕްލޭން: - ފީ ނަގާނަމަ ފީގެ ތަފްސީލް - ޚިދުމަތްދޭނެ ދުވަސްތަކާއި ވަގުތުތައް - ކަސްރަތު ސެޝަންތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެގޮތް |
50 |
2 |
މުވައްޒަފުންނާގުޅޭ އެންމެހައި ޕްލޭންތައް: - މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް - މުވައްޒަފުންނަށް ދެވޭނެ ތަމްރީން - މުވައްޒަފުންގެ އަސާސީ ޝަރުތުތައް |
15 |
3 |
ޚިދުމަތް ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ޕްލޭން: - ޚިދުމަތްފެށޭނެ މުއްދަތު - ޚިދުމަތް ފުޅާކުރަން ހުށަހަޅާ ޕްލޭން - މަރާމާތުކުރުން |
20 |
4 |
ވެލިދޫ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރަށް ލިބޭނެ މަންފާ/ފައިދާ: - ކުއްޔެއް ހުށަހަޅާނަމަ ކުލި - އެހެނިހެން އިޖުތިމާާޢީ އެހީތެރިކަން |
15 |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
28 މުޙައްރަމް 1443
05 ސެޕްޓެމްބަރ 2021