ބީލަން
ނަންބަރު: (IUL)297-EP/297/2021/65
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 05 ސެޕްޓެންބަރު 2021 13:15
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުގައި ގާއިމްކުރާ އިންޑޯ ޖިމް ހިންގަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

(IUL) 297-EP/297/2021/65

އިޢުލާން

ބީލަން ހުށަހެޅުމުގެ ދައުވަތު

ވެލިދޫ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުގައި ގާއިމްކުރާ އިންޑޯ ޖިމް 2 އަހަރުދުވަހުގެ މުއްދަތަށް ހިންގަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ މިއިއުލާނާއެކު ގެޒެޓްކުރެވިފައިވާ މަޢުލޫމާތާއެއްގޮތަށް މިކަމަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

މިއިއުލާނާއި ގުޅިގެން މިއިދާރާގެ ނަންބަރު:297/297/2021/58(IUL) އިއުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެގޮތް:

 

#

މާރކްސްދެވޭ ކްރައިޓީރިއާ

މާރކްސް

1

އިންޑޯ ޖިމް ހިންގާނެގޮތުގެ ޕްލޭން:

- ފީ ނަގާނަމަ ފީގެ ތަފްސީލް

- ޚިދުމަތްދޭނެ ދުވަސްތަކާއި ވަގުތުތައް

- ކަސްރަތު ސެޝަންތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެގޮތް

50

2

މުވައްޒަފުންނާގުޅޭ އެންމެހައި ޕްލޭންތައް:

- މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް

- މުވައްޒަފުންނަށް ދެވޭނެ ތަމްރީން

- މުވައްޒަފުންގެ އަސާސީ ޝަރުތުތައް

15

3

ޚިދުމަތް ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ޕްލޭން:

- ޚިދުމަތްފެށޭނެ މުއްދަތު

- ޚިދުމަތް ފުޅާކުރަން ހުށަހަޅާ ޕްލޭން

- މަރާމާތުކުރުން

20

4

ވެލިދޫ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރަށް ލިބޭނެ މަންފާ/ފައިދާ:

- ކުއްޔެއް ހުށަހަޅާނަމަ ކުލި

- އެހެނިހެން އިޖުތިމާާޢީ އެހީތެރިކަން

15

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

28 މުޙައްރަމް 1443

05 ސެޕްޓެމްބަރ 2021

05 ސެޕްޓެންބަރު 2021