މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ސީ-ޒޯން ލައިސަންސްއާ ގުޅޭ

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު ، ދިވެހިރާއްޖެ                                           

                           

އިޢުލާން

 

ނަމްބަރ: (IUL)304-CA/304/2021/91

02 ސެޕްޓެމްބަރ 2021

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ސީ-ޒޯން ލައިސަންސް އާއި ގުޅޭ

 

                 

                 މިއިދާރާއިން ކުރިއަށްގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ     ސީ-ޒޯން ލައިސަންސް ފޮތް ދޫކުރުމަށްޓަކައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

                 ސީ-ޒޯން ލައިސަންސް ބުރުގައި އަލަށް ސީ-ޒޯން ލައިސަންސް ނެގުމަށް ބޭނުންވާ އަދި ކުރިން ސީ-ޒޯން ލައިސަންސް ނަގާފައިވާ މުއްދަތު ހަމަވެ އައު ކުރުމަށް ބޭނުންވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

                 މިއިދާރާއިން ސީ-ޒޯން ލައިސަންސް ފޮތް ދޫކުރުމަށް ހުއްދަ ލިބިފައިވާ ކެޓަގަރީތަކަކީ       A0, A1, B1, C1, C2 އެވެ.

                 އެއްގަމުގައި ދުއްވާ އުޅަނދުފަހަރު  ދުއްވުމުގެ ލައިސަންސްއަށް އެދޭ ފަރާތްތަކުން ފީ ނެގޭނެ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ތިޔަރީ ޓެސްޓުގައި ބައިވެރިވުމަށް -/100ރ (ސަތޭކަ ރުފިޔާ) (އިނިއިންނަ ކޮންމެ ފަހަރަކު)
  • ޑްރައިވިންގ ޓެސްޓުގައި ބައިވެރިވުމަށް -/100ރ (ސަތޭކަ ރުފިޔާ) (ދުއްވާ ކޮންމެ ފަހަރަކު)
  • ލައިސަންސް ފޮތުގެ އަގު -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)
  • ޚިދުމަތުގެ އަގު -/100ރ (ސަތޭކަ ރުފިޔާ)

                 އެއްގަމުގައި ދުއްވާ އުޅަނދުފަހަރު  ދުއްވުމުގެ ލައިސަންސްގެ މުއްދަތު ހަމަވުމުން ނުވަތަ ގެއްލިގެން ނުވަތަ ހަލާކުވެގެން އައުކުރުމަށް އެދޭ ފަރާތްތަކުން ފީ ނެގޭނެ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ލައިސަންސް ފޮތުގެ އަގު -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)
  • ޚިދުމަތުގެ އަގު -/100ރ (ސަތޭކަ ރުފިޔާ)

         ވީމާ، ސީ-ޒޯން ލައިސަންސް ހައްދަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ރަސްމީ ގަޑީގައި ޓްރާންސްޕޯޓް އޮތޯރިޓީގެ LL-1 ފޯމު އަދި އެއާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ސްޓޭމްޕް ހަމަކުރުމަށްފަހު މަތީގައިވާ ތާރީޚާއި އެއްގޮތަށް ރ. ދުވާފަރު ކައުންސިލަށް ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ. އަދި ފޯމާއި އެކު ލައިސަންސް ހެއްދުމަށް ބޭނުންވާ ފައިސާވެސް ދެއްކެވުން އެދެމެވެ.

 

          ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.                

           25 މުޚައްރަމް 1443

           02 ސެޕްޓެމްބަރ 2021 

                                                      

 

                                                        

02 ސެޕްޓެންބަރު 2021
ހޯދާ