ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު ، ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: (IUL)304-CA/304/2021/91 |
02 ސެޕްޓެމްބަރ 2021 |
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ސީ-ޒޯން ލައިސަންސް އާއި ގުޅޭ |
މިއިދާރާއިން ކުރިއަށްގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ސީ-ޒޯން ލައިސަންސް ފޮތް ދޫކުރުމަށްޓަކައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ސީ-ޒޯން ލައިސަންސް ބުރުގައި އަލަށް ސީ-ޒޯން ލައިސަންސް ނެގުމަށް ބޭނުންވާ އަދި ކުރިން ސީ-ޒޯން ލައިސަންސް ނަގާފައިވާ މުއްދަތު ހަމަވެ އައު ކުރުމަށް ބޭނުންވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިއިދާރާއިން ސީ-ޒޯން ލައިސަންސް ފޮތް ދޫކުރުމަށް ހުއްދަ ލިބިފައިވާ ކެޓަގަރީތަކަކީ A0, A1, B1, C1, C2 އެވެ. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއަށް އެދޭ ފަރާތްތަކުން ފީ ނެގޭނެ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ މުއްދަތު ހަމަވުމުން ނުވަތަ ގެއްލިގެން ނުވަތަ ހަލާކުވެގެން އައުކުރުމަށް އެދޭ ފަރާތްތަކުން ފީ ނެގޭނެ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ވީމާ، ސީ-ޒޯން ލައިސަންސް ހައްދަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ރަސްމީ ގަޑީގައި ޓްރާންސްޕޯޓް އޮތޯރިޓީގެ LL-1 ފޯމު އަދި އެއާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ސްޓޭމްޕް ހަމަކުރުމަށްފަހު މަތީގައިވާ ތާރީޚާއި އެއްގޮތަށް ރ. ދުވާފަރު ކައުންސިލަށް ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ. އަދި ފޯމާއި އެކު ލައިސަންސް ހެއްދުމަށް ބޭނުންވާ ފައިސާވެސް ދެއްކެވުން އެދެމެވެ.
|
ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
25 މުޚައްރަމް 1443
02 ސެޕްޓެމްބަރ 2021