ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2021/26
އިޢުލާން |
ގދ.ވާދޫ ދެކުނު ފަރާތުގައިވާ ރުއްގަނޑު ( ވޮލީކޯޓު ކައިރީގައިވާ ރުއްގަނޑު ) ކުއްޔަށް ދޫކުރުން
ގދ.ވާދޫގެ ދެކުނުފަރާތު ( ވޮލީ ކޯޓު ސަރަޙައްދު ) ގައިވާ ރުއްގަނޑު ކުއްޔަށް ދޫކުރުމަށްކުރި މިއިދާރާގެ ނަންބަރ: (IUL)421/421/2021/12 އިޢުލާނަށް އިދާރީގޮތުން ބައެއް ބަދަލުތައް ގެންނަން ބޭނުންވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ،މިރުއްގަނޑު ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުންފެށިގެން 12 ވަނަދުވަހާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި މިއިދާރާގެ ފޯނުނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.އަދި މަޢުލޫމާތު ކަރުދާސް ގެޒެޓުގައި މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ. ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ.
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން:
- މަސްޢޫލުވާ ފަރާތުގެ ނަން:
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ:
- އީމެއިލް އެޑްރެސް:
- ގުޅޭނެ ފޯނުނަންބަރު:
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން |
15 ސެޕްޓެމްބަރ 2021 |
ބުދަ |
10:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
24 މުޙައްރަމް 1443
02 ސެޕްޓެމްބަރ 2021
ޚާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް