ކުއްޔަށް ދިނުން
ނަންބަރު: (IUL)421/421/2021/25
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 12 ސެޕްޓެންބަރު 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ދެކުނުފަރާތު ( ވޮލީ ކޯޓު ސަރަޙައްދު ) ރުއްގަނޑު ކުއްޔަށް ދޫކުރުން

                                               ނަންބަރު:(IUL)421/421/2021/26

 

އިޢުލާން

 

ގދ.ވާދޫ ދެކުނު ފަރާތުގައިވާ ރުއްގަނޑު ( ވޮލީކޯޓު ކައިރީގައިވާ ރުއްގަނޑު ) ކުއްޔަށް ދޫކުރުން

 

ގދ.ވާދޫގެ ދެކުނުފަރާތު ( ވޮލީ ކޯޓު ސަރަޙައްދު ) ގައިވާ ރުއްގަނޑު ކުއްޔަށް ދޫކުރުމަށްކުރި މިއިދާރާގެ ނަންބަރ: (IUL)421/421/2021/12 އިޢުލާނަށް އިދާރީގޮތުން ބައެއް ބަދަލުތައް ގެންނަން ބޭނުންވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ވީމާ،މިރުއްގަނޑު ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުންފެށިގެން 12 ވަނަދުވަހާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި މިއިދާރާގެ ފޯނުނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.އަދި މަޢުލޫމާތު ކަރުދާސް ގެޒެޓުގައި މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ. ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ.

  1. ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން:
  2. މަސްޢޫލުވާ ފަރާތުގެ ނަން:
  3. ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ:
  4. އީމެއިލް އެޑްރެސް:
  5. ގުޅޭނެ ފޯނުނަންބަރު:

 މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

15 ސެޕްޓެމްބަރ 2021

ބުދަ

10:00

 

 

         އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

             24   މުޙައްރަމް  1443

             02  ސެޕްޓެމްބަރ 2021

 

 

                                                       ޚާޝިރު މުޙައްމަދު

                                                    ކައުންސިލްގެ ނާއިބް ރައީސް

02 ސެޕްޓެންބަރު 2021