މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)304-MS/304/2021/90

ތާރީހް: 31 އޯގަސްޓް 2021

މަޤާމު

ވޮލަންޓިޔަރ

ރޭންކް:

އަދަދު

20 (ވިހި)

މަސައްކަތް ކުރަންޖެހޭ ތަން

ރ. ދުވާފަރު ޓާސްކު ފޯސްގައި.

އެލަވަންސް

ޑިއުޓީކުރާ ކޮންމެ ދުވަހަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާ

އަސާސީ ޝަރުތު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 7 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ދުވާފަރު ޓާސްކް ފޯހުން ޓެސްޓެއް ދީގެންނެވެ.

އެހެނިހެން ޝަރުތު

1-     މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރާއި 50 (ފަންސާސް) އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.

2-     ވެކްސިންގެ (ދޭއް) ޑޯސް ފުރިހަމަކޮށްފައިވާ މީހެއްކަމުގައިވުން ނުވަތަ ކޮވިޑް-19 އަށް ޕޮސިޓިވްވެ، ރިކަވަރވީ ތާރީޚުން ފެށިގެން 02 (ދޭއް) މަސްދުވަސް ވެފައިވާ މީހެއްކަމުގައި ނުވުން.

3. އަޚުލާޤު ރަނގަޅު މީހެއްކަމުގައިވުން.

4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއްކަމުގައިވުން.

5. މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެފަދަ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.

މަސްޢޫލިއްޔަތު

1-     ރ.ދުވާފަރު ޓާސްކު ފޯސްއިން އަންގާ ގޮތެއްގެ މަތިން ޑިއުޓީކުރުން.

2-     މޮނިޓަރިންގެ ޙާލަތުގައި ޢާންމުން ގެއިން ބޭރުގައި އުޅުމަކީ މަނާކަމަކަށްވާތީ، އެފަދަ ފަރާތެއް މަގުމަތީގައި އުޅޭނަމަ، ގެއަށް ވަނުމަށް ނަޞޭޙަތްތެރިވުން.

3-     ކާފިއު ގަޑީގައި ޢާންމުން ބޭރުގައި އުޅޭނަމަ، ގެއަށް ވަނުމަށް ނަޞޭޙަތްތެރިވުން.

4-     ދެ މީހުންނަށްވުރެ ގިނަ މީހުން އެއްތަނަކަށް ޖަމާވެ، ބައި ހަދައިގެން އުޅޭނަމަ، އެއީ ކީއްކުރާ ބައެއްތޯ ބަލައި، އެ އެއްވުމަކީ ހުއްދަ ދެވިފައި ނުވާ އެއްވުމެއްނަމަ، އެތަން ދޫކޮށް ގެއަށް ދިޔުމަށް ނަސޭހަތްތެރިވުން.

5-     ހުރިހާ ޙާލަތެއްގައިވެސް ގައިދުރުކޮށް އުޅުމަށް ޢާންމުންނަށް އިރުޝާދު ދިނުން.

6-     ހުރިހާ ޙާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް ޢާންމުންނަށް އިއުޝާދު ދިނުން.

7-     ކޮވިޑް-19 ގެ މި ޙާލަތުގައި އެޗް.ޕީ.އޭ (ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ) އިންނާއި، ރ.ދުވާފަރު ޓާސްކު ފޯސްއިންނާއި، ރ.ދުވާފަރު ޞިއްޙީ މަރުކަޒުން ދޭ އިރުޝާދުތަކާއި، އަންގާ އެންގުންތަކަށް ޢާންމުން ޢަމަލުކުރަމުންދޭތޯ ބެލުން.

8-     ވޮލަންޓިޔަރުން އަންގާ އެންގުމަކަށް އެއްވެސް މީހަކު ނުކިޔަމަންތެރި ވެއްޖެނަމަ، ޑިއުޓީ ސުޕަވައިޒަރަށް ނުވަތަ ފުލުހުންނަށް ރިޕޯޓްކުރުން. އަދި އެފަދައިން ރިޕޯޓްކުރުމަށްފަހު، ޑިއުޓީ ސުޕަވައިޒަރު ނުވަތަ ފުލުހުން އެތަނަކަށް ހާޒިރުވަންދެން އެ އެތަނެއްގައި މަޑުކުރުން.

ޑިއުޓީއަށް ޙާޒިރުވުމާއި، ރިޕޯޓްކުރުން

  1. ކަނޑައެޅިފައިވާ ޑިއުޓީއަށް ސަމާލުކަންދޭން ވާނެއެވެ.
  2. ކޮންމެ ޑިއުޓީއެއް ފެށުމާއި، ނިމުމުގައި ކަނޑައެޅިފައިވާ ސަރަހައްދަށް އައިސް ސުޕަވައިޒަރަށް ރިޕޯޓްކުރަންވާނެއެވެ.
  3. ޑިއުޓީ ފެށުމުގެ ކުރިން ސުޕަވަރިޒަރު ދޭ އިރުޝާދުތަކާ އެއްގޮތަށް އެ ޑިއުޓީއެއް ފުރިހަމަކުރަންވާނެއެވެ.
  4. ޑިއުޓީގެ އެންމެހައި ކަންކަން ހިނގާ ނުހިނގާ ގޮތް ސުޕަވައިޒަރަށް ރިޕޯޓްކުރަންވާނެއެވެ.
  5. ޑިއުޓީ ނިމުމުން، އެ ޑިއުޓީއެއްގައި ހިނގާ ދިޔަ މުހިންމު ކަންކަން ސުޕަވައިޒަރަށް ރިޕޯޓްކުރަންވާނެއެވެ.

މަސައްކަތުގެ އަޚުލާޤު

  1. މަސައްކަތުގެ ޒާތަށް ބަލާއިރު، މިއީ ޞިއްޙީ ޚިދުމަތަކާ ގުޅިފައިވާ މަސައްކަތަކަށްވާތީ، މަސައްކަތުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ތެރެއިން ލިބޭ އެއްވެސް މަޢުލޫމާތެއް ކަމާ ނުބެހޭ އެއްވެސް ފަރާތެއްގައި ހާމަކޮށްގެން ނުވާނެއެވެ.
  2. ޑިއުޓީގައި ލިބޭ އެއްވެސް މަޢުލޫމާތެއް ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން މަސްލަޙަތު ގެއްލިދާނެފަދަ ޢަމަލެއް ކޮށްގެން ނުވާނެއެވެ.
  3. ޑިއުޓީ އަދާކުރުމުގައި ޢާންމުންނާއި، ރަސްމީ ފަރާތްތަކަށް މުޢާމަލާތްކުރަންވާނީ ރީތީ ބަހުންނެވެ. ޢާންމު މީހެއްގެ ފަރާތުން ހަޑިހުތުރު ބަހެއް ކުރިމަތިވި ނަމަވެސް، ރައްދުދީ ޒުވާބުކޮށްގެން ނުވާނެއެވެ.
  4. ޑިއުޓީގައި ހުންނަންވާނީ ސާފުތާހިރު ރީތި ހެދުމެއްގައެވެ. ފިރިހެން ބޭފުޅަކު ނަމަ، ޖިންސު / ފަޓުލޫނު / ޓީޝާޓު / ގަމީސް ފަދަ ހެދުމެއްގައެވެ. (ނޯޓް؛ ފިރިހެން ބޭފުޅުން ސޯޓުލައިގެން ޑިއުޓީ ކޮށްގެން ނުވާނެއެވެ.)
  5. ރަސްމީ ޑިއުޓީގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެކެވެ.

ހުށަހަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4-     ދެ ޑޯސް ފުރިހަމަކޮށްފައިވާ ވެކްސިން ކާރޑް ނުވަތަ ކޮވިޑް-19 އަށް ޕޮސިޓިވްވެ، ރިކަވަރވީ ތާރީޚުން ފެށިގެން 02 (ދޭއް) މަސްދުވަސް ނުވާކަމުގެ ލިޔުމެއް.

ސުންގަޑި

 

2021 ސެޕްޓެމްބަރ 2 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރ.ދުވާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން ނުވަތަ[email protected] މެއިލްކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މި މަޤާމަށް މީހުން ހޮވުމުގައި ބަލާނީ އެންމެ ފުރަތަމަ ފޯމު ހުށަހެޅޭ ތަރުތީބުން އިސްކަން ދީގެންނެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކައުންސިލްގެ އިދާރާގެ ނަންބަރު: 6582701 ފޯނަށެވެ.

 

31 އޮގަސްޓް 2021
ހޯދާ