ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: (IUL)304-MS/304/2021/90 |
|
ތާރީހް: 31 އޯގަސްޓް 2021 |
||
މަޤާމު |
ވޮލަންޓިޔަރ |
ރޭންކް: |
އަދަދު |
20 (ވިހި) |
|
މަސައްކަތް ކުރަންޖެހޭ ތަން |
ރ. ދުވާފަރު ޓާސްކު ފޯސްގައި. |
|
އެލަވަންސް |
ޑިއުޓީކުރާ ކޮންމެ ދުވަހަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާ |
|
އަސާސީ ޝަރުތު |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން. ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 7 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ދުވާފަރު ޓާސްކް ފޯހުން ޓެސްޓެއް ދީގެންނެވެ. |
|
އެހެނިހެން ޝަރުތު |
1- މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރާއި 50 (ފަންސާސް) އަހަރާ ދެމެދުގެ މީހެއްކަމުގައިވުން. 2- ވެކްސިންގެ (ދޭއް) ޑޯސް ފުރިހަމަކޮށްފައިވާ މީހެއްކަމުގައިވުން ނުވަތަ ކޮވިޑް-19 އަށް ޕޮސިޓިވްވެ، ރިކަވަރވީ ތާރީޚުން ފެށިގެން 02 (ދޭއް) މަސްދުވަސް ވެފައިވާ މީހެއްކަމުގައި ނުވުން. 3. އަޚުލާޤު ރަނގަޅު މީހެއްކަމުގައިވުން. 4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއްކަމުގައިވުން. 5. މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެފަދަ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން. |
|
މަސްޢޫލިއްޔަތު |
1- ރ.ދުވާފަރު ޓާސްކު ފޯސްއިން އަންގާ ގޮތެއްގެ މަތިން ޑިއުޓީކުރުން. 2- މޮނިޓަރިންގެ ޙާލަތުގައި ޢާންމުން ގެއިން ބޭރުގައި އުޅުމަކީ މަނާކަމަކަށްވާތީ، އެފަދަ ފަރާތެއް މަގުމަތީގައި އުޅޭނަމަ، ގެއަށް ވަނުމަށް ނަޞޭޙަތްތެރިވުން. 3- ކާފިއު ގަޑީގައި ޢާންމުން ބޭރުގައި އުޅޭނަމަ، ގެއަށް ވަނުމަށް ނަޞޭޙަތްތެރިވުން. 4- ދެ މީހުންނަށްވުރެ ގިނަ މީހުން އެއްތަނަކަށް ޖަމާވެ، ބައި ހަދައިގެން އުޅޭނަމަ، އެއީ ކީއްކުރާ ބައެއްތޯ ބަލައި، އެ އެއްވުމަކީ ހުއްދަ ދެވިފައި ނުވާ އެއްވުމެއްނަމަ، އެތަން ދޫކޮށް ގެއަށް ދިޔުމަށް ނަސޭހަތްތެރިވުން. 5- ހުރިހާ ޙާލަތެއްގައިވެސް ގައިދުރުކޮށް އުޅުމަށް ޢާންމުންނަށް އިރުޝާދު ދިނުން. 6- ހުރިހާ ޙާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް ޢާންމުންނަށް އިއުޝާދު ދިނުން. 7- ކޮވިޑް-19 ގެ މި ޙާލަތުގައި އެޗް.ޕީ.އޭ (ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ) އިންނާއި، ރ.ދުވާފަރު ޓާސްކު ފޯސްއިންނާއި، ރ.ދުވާފަރު ޞިއްޙީ މަރުކަޒުން ދޭ އިރުޝާދުތަކާއި، އަންގާ އެންގުންތަކަށް ޢާންމުން ޢަމަލުކުރަމުންދޭތޯ ބެލުން. 8- ވޮލަންޓިޔަރުން އަންގާ އެންގުމަކަށް އެއްވެސް މީހަކު ނުކިޔަމަންތެރި ވެއްޖެނަމަ، ޑިއުޓީ ސުޕަވައިޒަރަށް ނުވަތަ ފުލުހުންނަށް ރިޕޯޓްކުރުން. އަދި އެފަދައިން ރިޕޯޓްކުރުމަށްފަހު، ޑިއުޓީ ސުޕަވައިޒަރު ނުވަތަ ފުލުހުން އެތަނަކަށް ހާޒިރުވަންދެން އެ އެތަނެއްގައި މަޑުކުރުން. |
|
ޑިއުޓީއަށް ޙާޒިރުވުމާއި، ރިޕޯޓްކުރުން |
|
|
މަސައްކަތުގެ އަޚުލާޤު |
|
|
ހުށަހަޅަންޖެހޭ ތަކެތި |
1- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 4- ދެ ޑޯސް ފުރިހަމަކޮށްފައިވާ ވެކްސިން ކާރޑް ނުވަތަ ކޮވިޑް-19 އަށް ޕޮސިޓިވްވެ، ރިކަވަރވީ ތާރީޚުން ފެށިގެން 02 (ދޭއް) މަސްދުވަސް ނުވާކަމުގެ ލިޔުމެއް. |
|
ސުންގަޑި |
2021 ސެޕްޓެމްބަރ 2 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރ.ދުވާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން ނުވަތަ[email protected] މެއިލްކުރެއްވުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު |
|