އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
‏އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުން

އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުން

‏     މި ކައުންސިލްގެ އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ‏‏ހޯދަން ބޭނުންވެއްޖެއެވެ. ‏‏މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ‏‎31‎‏ އޯގަސްޓް 2021 ވާ އަންގާރަ ދުވަހުން ފެށިގެން 5 ‏‏ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް‏forms.adh.gov.mv ‎‏ ލިންކްއިން ނަންނޯޓް ‏‏ކުރެއްވުން އެދެމެވެ. ‏އަދި ރަސްމީ ގަޑީގައި މި‏‎ ‎‏އިދާރާގެ ނަންބަރު 6680507 ފޯނަށް ‏‏ގުޅުއްވައިގެންވެސް ‏ނަންނޯޓް ކުރެއްވޭނެއެވެ.‏ ‏

‏     ވީމާ، މި މަސައްކަތަށް ނަންނޯޓްކުރައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްތަކުގައިވާ ކަންކަމުގައި ‏‏ބައިވެރިވެލެއްވުމަށް މިކައުންސިލްގެ ޖަލްސާކުރާ މާލަމަށް ޙާޟިރުވުމަށް ދަންނަވަމެވެ. ‏

  •     ޕްރީބިޑް މީޓިންގ: 6 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު ހެނދުނު 11:30 ގައި
  •     އަންދާސީހިސާބު ހުށަހެޅުން: 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ ދުވަހުގެ 11:30 ‏‏އަށް
  •     ބީލަންތައް ބަލައިގަތުމާއި ހުޅުވުން: 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:30 ގައި

‏ޕްރީބިޑް މީޓިންގގައި ބައިވެރިވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާހާއި އިތުރު މަޢުލޫމާތު ދެވޭނެއެވެ. ބީލަންތައް ‏‏‏‏ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.‏ ކަނޑައެޅިފައިވާ ‏‏‏ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. 

‏22 މުޙައްރަމް 1443‏

‏30 އޯގަސްޓް 2021‏

                                                         (ސޮއި)

‏                                                        ޢަލީ ނަޞީރު‏

‏                                                   އދ.އަތޮޅު ކައުންސިލްގެ ރައީސް ‏

30 އޮގަސްޓް 2021
ހޯދާ