ދިވެހިރާއްޖެ
އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުން
މި ކައުންސިލްގެ އަތޮޅުގެއަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުން ފެށިގެން 5 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ ނިޔަލަށްforms.adh.gov.mv ލިންކްއިން ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680507 ފޯނަށް ގުޅުއްވައިގެންވެސް ނަންނޯޓް ކުރެއްވޭނެއެވެ.
ވީމާ، މި މަސައްކަތަށް ނަންނޯޓްކުރައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްތަކުގައިވާ ކަންކަމުގައި ބައިވެރިވެލެއްވުމަށް މިކައުންސިލްގެ ޖަލްސާކުރާ މާލަމަށް ޙާޟިރުވުމަށް ދަންނަވަމެވެ.
- ޕްރީބިޑް މީޓިންގ: 6 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު ހެނދުނު 11:30 ގައި
- އަންދާސީހިސާބު ހުށަހެޅުން: 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ ދުވަހުގެ 11:30 އަށް
- ބީލަންތައް ބަލައިގަތުމާއި ހުޅުވުން: 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:30 ގައި
ޕްރީބިޑް މީޓިންގގައި ބައިވެރިވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާހާއި އިތުރު މަޢުލޫމާތު ދެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކަނޑައެޅިފައިވާ ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
22 މުޙައްރަމް 1443
30 އޯގަސްޓް 2021
(ސޮއި)
ޢަލީ ނަޞީރު
އދ.އަތޮޅު ކައުންސިލްގެ ރައީސް