ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

     މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފާ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފާ ކުރިއަށްއޮތް (6މަސް ދުވަހުގެ މުއްދަތަށް) ދޭން ބޭނުންވާ ކޮންސަލްޓަންސީ ފާރމްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ޝަރުޠުތައް:

  1. ބާކައުންސިލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައިވުން..
  2. ޤާނޫނީ ދާއިރާގައި މަދުވެގެން 2އަހަރު މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.

 

އިތުރު މަޢުލޫމާތު ސާފްކުރުން:

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 ސެޕްޓެމްބަރ 2021ވަނަ ދުވަހުގެ 13.00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވުމަށް ދެންނެވީމެވެ. އީ މެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާން ނަމްބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. ( އީމެއިލް އެޑްރެސް: [email protected]   )

 

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަނޑި:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 ސެޕްޓެމްބަރ 2021ވަނަ ދުވަހު 14.00ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: (ޕްރޮޕޯސަލް)

  • ބިޑް ( އަގުޖަހާނީ މަސްދުވަހަށް ބަލައިގެން)
  • ރަޖިސްޓްރޭޝަން ކޮޕީ އަދި ޖީ އެސްޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ޕްރޮފައިލް
  • ތަޖުރިބާގެ ލިޔުންތައް.

 

އިވެލުއޭޝަން ކުރުމުގައި މާކްސްދޭނެގޮތް:

މާކުސްދެވޭ ކުރައިޓީރިއާ

މާކްސްދެވޭ ގޮތް

ތަފްސީލް

ފޯމިއުލަރ

އަގު

90%

v      މަސައްކަތުގެ އަގައްދޭ މާކްސް:

 

v     މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

v      ތަޖުރިބާއަށްދޭ މާކްސް

 

v      މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ، ގުޅުންހުރި މަސައްކަތް ކޮށްފައިވާ ފަރާތްތައް ބެންޗްމާކެއް ގޮތުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ %ހުރިހާ ތަޖުރިބާއެއްގެ މެދުގައި ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިފަދަ މަސައްކަތްތައް ކޮސްފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިމިވާގޮތައް  ލިޔުން ހުށަހަޅާ ފަރާތަކަށެވެ.

v      މިފަދަ މަސައްކަތްތައް  ކޮށްފައިވާ ފަރާތްތަކަށް، ހުށަހަޅާ ކޮންމެ ލިޔުމަކަށް 2މާރކްސް ދެވޭނެ ( މިބަޔަށް ގިނަވެގެން މާރްކސް ދެވޭނީ 5ލިޔުމަށެވެ. ) މީގެ އިތުރުން މިފަދަ މަސައްކަތުގެ ތަޖްރިބާ ހުރި މިންވަރަށް ރިޔާޢަތް ކުރެވޭނެއެވެ.

v      ލިޔުމުގެ ގޮތުގައި ބަލައިގަނެވޭނީ ސަރުކާރުގެ އޮފިސްތަކާއި، ރަޖިސްޓްރީ ކޮށްފައި ހުންނަ ޖަމްޢިއްޔާ ޖަމާއަތްތަކާއި ކުންފުނި ފަދަ ތަންތަނުން ދޫކޮށްފައިވާ ތައްގަނޑު ޖެހި ރަސްމީ ލިޔުމެވެ.

( Submitted of work experience /  Benchmark   x Allocated Percentage

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮގަސްޓް 2021
ހޯދާ