ދިވެހިރާއްޖެ
މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފާ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފާ ކުރިއަށްއޮތް (6މަސް ދުވަހުގެ މުއްދަތަށް) ދޭން ބޭނުންވާ ކޮންސަލްޓަންސީ ފާރމްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޝަރުޠުތައް:
- ބާކައުންސިލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައިވުން..
- ޤާނޫނީ ދާއިރާގައި މަދުވެގެން 2އަހަރު މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.
އިތުރު މަޢުލޫމާތު ސާފްކުރުން:
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 05 ސެޕްޓެމްބަރ 2021ވަނަ ދުވަހުގެ 13.00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވުމަށް ދެންނެވީމެވެ. އީ މެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާން ނަމްބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. ( އީމެއިލް އެޑްރެސް: [email protected] )
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަނޑި:
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 ސެޕްޓެމްބަރ 2021ވަނަ ދުވަހު 14.00ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް: (ޕްރޮޕޯސަލް)
- ބިޑް ( އަގުޖަހާނީ މަސްދުވަހަށް ބަލައިގެން)
- ރަޖިސްޓްރޭޝަން ކޮޕީ އަދި ޖީ އެސްޓީ ރަޖިސްޓްރޭޝަން ކޮޕީ
- ޕްރޮފައިލް
- ތަޖުރިބާގެ ލިޔުންތައް.
އިވެލުއޭޝަން ކުރުމުގައި މާކްސްދޭނެގޮތް:
މާކުސްދެވޭ ކުރައިޓީރިއާ |
މާކްސްދެވޭ ގޮތް |
ތަފްސީލް |
ފޯމިއުލަރ |
އަގު |
90% |
v މަސައްކަތުގެ އަގައްދޭ މާކްސް:
v މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
v ތަޖުރިބާއަށްދޭ މާކްސް
v މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ، ގުޅުންހުރި މަސައްކަތް ކޮށްފައިވާ ފަރާތްތައް ބެންޗްމާކެއް ގޮތުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ %ހުރިހާ ތަޖުރިބާއެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިފަދަ މަސައްކަތްތައް ކޮސްފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިމިވާގޮތައް ލިޔުން ހުށަހަޅާ ފަރާތަކަށެވެ. v މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް، ހުށަހަޅާ ކޮންމެ ލިޔުމަކަށް 2މާރކްސް ދެވޭނެ ( މިބަޔަށް ގިނަވެގެން މާރްކސް ދެވޭނީ 5ލިޔުމަށެވެ. ) މީގެ އިތުރުން މިފަދަ މަސައްކަތުގެ ތަޖްރިބާ ހުރި މިންވަރަށް ރިޔާޢަތް ކުރެވޭނެއެވެ. v ލިޔުމުގެ ގޮތުގައި ބަލައިގަނެވޭނީ ސަރުކާރުގެ އޮފިސްތަކާއި، ރަޖިސްޓްރީ ކޮށްފައި ހުންނަ ޖަމްޢިއްޔާ ޖަމާއަތްތަކާއި ކުންފުނި ފަދަ ތަންތަނުން ދޫކޮށްފައިވާ ތައްގަނޑު ޖެހި ރަސްމީ ލިޔުމެވެ. |
( Submitted of work experience / Benchmark x Allocated Percentage |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.