ދިވެހިރާއްޖެ
ނަންބަރު: (IUL)MHCL-P/1/2021/14
އިޢުލާން
މޯލްޑިވްސް ޙައްޖުކޯޕަރޭޝަނަށް ސަރވަރ ފޯރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ
މި ކުންފުނީގެ އިއުލާން ނަންބަރު (IUL)MHCL-P/1/2021/13 (11 އޯގަސްޓް 2021) އަށް އިޖާބަދީ ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ، އެ އިއުލާން ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމަވެ.
މަސައްކަތް:
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މަސައްކަތަށް ބޭނުންވާ އައިޓީ ސަރވަރ ފޯރުކޮށްދިނުން.
ބީލަމަށް ރަޖިސްޓްރީ ވުން:
ބީލަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 31 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް 'ބީލަން ރަޖިސްޓްރީ ފޯމް' ޑައުންލޯޑް ކުރައްވައި ފުރިހަމަ ކުރެއްވުމަށްފަހު މި ކުންފުނީގެ އީމެއިލް ([email protected]) އަށް ނުވަތަ ރިސެޕްޝަނަށް ފޯމު ހުށަހަޅައި ރަޖިސްޓްރީކުރެއްވުން އެދެމެވެ.
ލިންކު:
http://mhcl.mv/wp-content/uploads/2020/10/REGISTRATION-FORM-FOR-BIDS.pdf
ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:
މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް (ޓާރމްސް އޮފް ރިފަރެންސް) މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 05 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.
- އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
26 އޯގަސްޓް 2021