ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)MHCL-P/1/2021/14
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 05 ސެޕްޓެންބަރު 2021 11:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަނަށް ސަރވަރ ފޯރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

ނަންބަރު: (IUL)MHCL-P/1/2021/14

 

އިޢުލާން

 

މޯލްޑިވްސް ޙައްޖުކޯޕަރޭޝަނަށް ސަރވަރ ފޯރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

 

މި ކުންފުނީގެ އިއުލާން ނަންބަރު (IUL)MHCL-P/1/2021/13 (11 އޯގަސްޓް 2021) އަށް އިޖާބަދީ ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ، އެ އިއުލާން ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމަވެ.

 

މަސައްކަތް:

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މަސައްކަތަށް ބޭނުންވާ އައިޓީ ސަރވަރ ފޯރުކޮށްދިނުން.


ބީލަމަށް ރަޖިސްޓްރީ ވުން:

ބީލަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 31 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް  'ބީލަން ރަޖިސްޓްރީ ފޯމް' ޑައުންލޯޑް ކުރައްވައި ފުރިހަމަ ކުރެއްވުމަށްފަހު މި ކުންފުނީގެ އީމެއިލް ([email protected]) އަށް ނުވަތަ ރިސެޕްޝަނަށް ފޯމު ހުށަހަޅައި ރަޖިސްޓްރީކުރެއްވުން އެދެމެވެ.

ލިންކު:

 http://mhcl.mv/wp-content/uploads/2020/10/REGISTRATION-FORM-FOR-BIDS.pdf

 

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:

މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް (ޓާރމްސް އޮފް ރިފަރެންސް) މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 05 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

-          އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

26 އޯގަސްޓް 2021

26 އޮގަސްޓް 2021