ދިވެހިރާއްޖެ
2022-2021 ވަނަ އަހަރު މިމަދުރަސާގެ ގްރޭޑް 11 އަށް ވަންނަން އެދޭ ކުދިންގެ ތެރެއިން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ކުދިންނަށް ފުރުޞަތު ހުޅުވައިލެވިފައިވާ ވާހަކަ ދެންނެވީމެވެ.
ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 26 ސެޕްޓެމްބަރ 2021
ޝަރުޠުތައް:
- އެސްއެސްސީ އިމްތިޙާނުގެ އިސްލާމް ނުވަތަ ދިވެހި މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުމާއެކު
އައިޖީސީއެސްސީ . ޖީސީއީ އޯލެވެލް އިމްތިޙާނުން ކޮންމެވެސް އެއް ސްޓްރީމަކުން ( ބިޒްނަސް ސްޓްރީމް / ސައެންސް ސްޓްރީމް) މަދުވެގެން ދެ މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުމާއިއެކު އިތުރު އެއްމާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން.
- ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ، ޑިޕްލޮމާ ކޯހަކުން ދަށްވެގެން " ޕާސް " ލިބިފައިވުން ، ނުވަތަ އައިޖީސީއެސްސީ / ޖީސީއީ އޯލެވެލް އިމްތިޙާނާއި އެސްއެސްސީ އިމްތިޙާނުގެ ކޮންމެވެސް 4 މާއްދާއަކުން ދަށްވެގެން C ފާސް ލިބިފައިވުން.
މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު ދިނުމުގައި ބަލާނީ ފާއިތުވި ދެއަހަރު ( 2020، 2021 )ގެ އައިޖީސީއެސްސީ ، ޖީސީއީ ، އެސް އެސްސީ އަދި ބީޓެކް އިމްތިޙާނުގެ ނަތީޖާއަށެވެ.
އިތުރު ޝަރުޠުތައް:
- ރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފްވެފައިވާ ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ފަރާތެއްކަމުގައި ނުވުން.
- އެންމެފަހުން ތަޢުލީމު ޙާޞިލުކުރި ސުކޫލުގައި ރަގަޅު އަޚުލާޤީ ރެކޯޑެއް އޮތުން.
- 2021 ވަނަ އަހަރުގެ މާރޗް 1 އަށް ޢުމުރުން 19 އަހަރު ފުރިފައި ނުވުން.
- މަތީ ޘާނަވީ ފެންވަރަށް ކިޔެވުމަށް އެހެން ސުކޫލެއްގައި ރަޖިސްޓްރީ ވެފައި ނުވުން.
- ކާވެނިކޮށްފައި ނުވުން.
2022-2021 ވަނަ އަހަރު ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މާއްދާތައް
ސައިންސްސްޓްރީމް |
ބިޒްނަސްސްޓްރީމް |
ބީޓެކްއޭލެވެލް |
އިސްލާމް |
އިސްލާމް |
އިސްލާމް |
ދިވެހި |
ދިވެހި |
ދިވެހި |
ހިސާބު (މެކޭނިކްސް/ސްޓެޓިސްޓިކް) |
ހިސާބު (މެކޭނިކްސް/ސްޓެޓިސްޓިކް) |
ހޮސްޕިޓާލިޓީ |
ބައޮލޮޖީ |
އެކައުންޓިންގ |
|
ފިޒިކްސް |
އިކޮނޮމިކްސް |
|
ކެމިސްޓްރީ |
ބިޒްނަސް ސްޓަޑީޒް |
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- ދަރިވަރުގެ އައި.ޑީ.ކާޑު ކޮޕީ
- ބެލެނިވެރިޔާގެ އައި.ޑީ.ކާޑު ކޮޕީ
- ނަތީޖާ ސްލިޕްގެ ކޮޕީ
- ސްކޫލު ލީވިންގ ސަރޓްފިކެޓްގެ ކޮޕީ
ފޯމް ދޫކުރުން: 26 އޮގަސްޓް 2021 (ބުރާސްފަތި) ދުވަހުން ފެށިގެން ހެނދުނު 8:00 ން 14:00 އަށް.
ފޯމް ޑައުންލޯޑް ކުރެވޭ ލިންކު:
http://www.ifthithaah.edu.mv/myuploads/Higher-secondary-admission-form-2020.pdf
ފޯމް ހުށަހެޅުމުގެ ސުންގަޑި: 2 ސެޕްޓެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން