ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-51/INDIV/2021/26
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 02 ސެޕްޓެންބަރު 2021 13:00
މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
2022-2021 ވަނަ އަހަރު ގްރޭޑް 11 ށް ވަނުމުގެ ފުރުޞަތު ހުޅުވާލުން

2022-2021 ވަނަ އަހަރު މިމަދުރަސާގެ ގްރޭޑް 11 އަށް ވަންނަން އެދޭ ކުދިންގެ ތެރެއިން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ކުދިންނަށް ފުރުޞަތު ހުޅުވައިލެވިފައިވާ ވާހަކަ ދެންނެވީމެވެ.

ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 26 ސެޕްޓެމްބަރ 2021

ޝަރުޠުތައް:

  1. އެސްއެސްސީ އިމްތިޙާނުގެ އިސްލާމް ނުވަތަ ދިވެހި މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުމާއެކު

އައިޖީސީއެސްސީ . ޖީސީއީ އޯލެވެލް އިމްތިޙާނުން ކޮންމެވެސް އެއް ސްޓްރީމަކުން ( ބިޒްނަސް ސްޓްރީމް / ސައެންސް ސްޓްރީމް) މަދުވެގެން ދެ މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުމާއިއެކު އިތުރު އެއްމާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން.

  1. ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ، ޑިޕްލޮމާ ކޯހަކުން ދަށްވެގެން " ޕާސް " ލިބިފައިވުން ، ނުވަތަ އައިޖީސީއެސްސީ / ޖީސީއީ އޯލެވެލް އިމްތިޙާނާއި އެސްއެސްސީ އިމްތިޙާނުގެ ކޮންމެވެސް 4 މާއްދާއަކުން ދަށްވެގެން   C ފާސް ލިބިފައިވުން.

 

މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު ދިނުމުގައި ބަލާނީ ފާއިތުވި ދެއަހަރު ( 2020، 2021 )ގެ އައިޖީސީއެސްސީ ، ޖީސީއީ ، އެސް އެސްސީ އަދި ބީޓެކް އިމްތިޙާނުގެ ނަތީޖާއަށެވެ.

އިތުރު ޝަރުޠުތައް:

  1. ރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފްވެފައިވާ ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ފަރާތެއްކަމުގައި ނުވުން.
  2. އެންމެފަހުން ތަޢުލީމު ޙާޞިލުކުރި ސުކޫލުގައި ރަގަޅު އަޚުލާޤީ ރެކޯޑެއް އޮތުން.
  3. 2021 ވަނަ އަހަރުގެ މާރޗް 1 އަށް ޢުމުރުން 19 އަހަރު ފުރިފައި ނުވުން.
  4. މަތީ ޘާނަވީ ފެންވަރަށް ކިޔެވުމަށް އެހެން ސުކޫލެއްގައި ރަޖިސްޓްރީ ވެފައި ނުވުން.
  5. ކާވެނިކޮށްފައި ނުވުން.

2022-2021 ވަނަ އަހަރު ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މާއްދާތައް

ސައިންސްސްޓްރީމް

ބިޒްނަސްސްޓްރީމް

ބީޓެކްއޭލެވެލް

އިސްލާމް

އިސްލާމް

އިސްލާމް

ދިވެހި

ދިވެހި

ދިވެހި

ހިސާބު (މެކޭނިކްސް/ސްޓެޓިސްޓިކް)

ހިސާބު (މެކޭނިކްސް/ސްޓެޓިސްޓިކް)

ހޮސްޕިޓާލިޓީ

ބައޮލޮޖީ

އެކައުންޓިންގ

ފިޒިކްސް

އިކޮނޮމިކްސް

ކެމިސްޓްރީ

ބިޒްނަސް ސްޓަޑީޒް

 

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ދަރިވަރުގެ އައި.ޑީ.ކާޑު ކޮޕީ
  2.  ބެލެނިވެރިޔާގެ އައި.ޑީ.ކާޑު ކޮޕީ
  3.  ނަތީޖާ ސްލިޕްގެ ކޮޕީ
  4.  ސްކޫލު ލީވިންގ ސަރޓްފިކެޓްގެ ކޮޕީ

ފޯމް ދޫކުރުން: 26 އޮގަސްޓް 2021 (ބުރާސްފަތި) ދުވަހުން ފެށިގެން ހެނދުނު 8:00 ން 14:00 އަށް.

ފޯމް ޑައުންލޯޑް ކުރެވޭ ލިންކު:

http://www.ifthithaah.edu.mv/myuploads/Higher-secondary-admission-form-2020.pdf

ފޯމް ހުށަހެޅުމުގެ ސުންގަޑި: 2 ސެޕްޓެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން

25 އޮގަސްޓް 2021