އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޫނު މޫސުމުގައި ބޯފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމާ ބެހޭ

އިޢުލާން

ހޫނު މޫސުމުގައި ބޯފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމާ ބެހޭ

    މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ބޭނުމަށް  ހޫނުމޫސުމުގައި އދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޯފެނަށް ޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

    ‏މި މަސައްކަތަށް ޝައުޤުވެލައްވާ ފަރާތްތަކުން 17 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުން ފެށިގެން 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8.00ގެ ނިޔަލަށް forms.adh.gov.mv ލިންކް އިން ރަޖިސްޓްރީ ކުރެއްވުމުން ބީލަން ޝީޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ‏‎.‎‏ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއެކު 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި ‏‏ކައުންސިލްގެ ‏‏ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.‏  ޕްރީބިޑްގ މީޓިންގްގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

        ‏ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އޯގަސްޓް ‏‏2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 30 ‏‏އޯގަސްޓް 2021 ވާ ހޯމަދުވަހުގެ 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބާއްވާ ބައްދަލުވުމުގައެވެ. ބީލަންތައް ‏‏‏ހުންނަންވާނީ މަޢުލޫމާތުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގައި ބީލަންހުށަހަޅާ ފަރާތުގެ ނަމާއެޑްރެސް ފޯނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ‏‏ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.  

09 މުޙައްރަމް 1443

17 އޮގަސްޓް 2021

 

(ސޮއި)       

ޢަލީ ނަޞީރު      

އދ.އަތޮޅު ކައުންސިލްގެ ރައީސް

17 އޮގަސްޓް 2021
ހޯދާ