ދިވެހިރާއްޖެ
އިޢުލާން ހޫނު މޫސުމުގައި ބޯފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމާ ބެހޭ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ބޭނުމަށް ހޫނުމޫސުމުގައި އދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޯފެނަށް ޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ޝައުޤުވެލައްވާ ފަރާތްތަކުން 17 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުން ފެށިގެން 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8.00ގެ ނިޔަލަށް forms.adh.gov.mv ލިންކް އިން ރަޖިސްޓްރީ ކުރެއްވުމުން ބީލަން ޝީޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއެކު 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ޕްރީބިޑްގ މީޓިންގްގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 30 އޯގަސްޓް 2021 ވާ ހޯމަދުވަހުގެ 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބާއްވާ ބައްދަލުވުމުގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގައި ބީލަންހުށަހަޅާ ފަރާތުގެ ނަމާއެޑްރެސް ފޯނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށްވުރެ ފަހުން ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. 09 މުޙައްރަމް 1443 17 އޮގަސްޓް 2021
|
(ސޮއި)
ޢަލީ ނަޞީރު
އދ.އަތޮޅު ކައުންސިލްގެ ރައީސް