ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-107 ވަނަ މާއްދާގެ (ނ) ގައި ކޮންމެ ހަތަރު މަހަކުން އެއްފަހަރު ރައްޔިތުންނާއި ބައްދަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ، މިއަހަރުގެ މެއި މަހުން އޮގަސްޓް މަހަށްވާ ހަތަރުމަހުގެ ބައްދަލުވުން މިމަހުގެ 21 ވާ ހޮނިހިރު ދުވަހުގެރޭ 21:00 ގައި އިރުވެލި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި މިވަނީއެވެ.
| 
 1  | 
 އަލަށް ތަރައްޤީކުރާ ދެކުނު ފަރާތު ބަނދަރު ނިމިގެންދާއރު، ބަނދަރު ސަރަޙައްދުން ދޭންޖެހޭ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުން  | 
| 
 2  | 
 އެކެޑަމީ އޮފް އިންޓަނޭޝަނަލް މެރިޓައިމް އެންޑް މެނޭޖްމަންޓް ސްޓަޑީޒް އާއި ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ ނިޔަމި ކޯހާއި ބެހޭ މަޢުލޫމާތު ހާމަކުރުން  | 
| 
 3  | 
 ރަށުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގެ މަސައްކަތުގެ މަޢުލޫމާތު ހާމަކުރުން  | 
| 
 4  | 
 އިރުވެލި މާލަމުގައި އިމާރާތްކުރާ ކުއްޔަށްދޭ ކޮޓަރިއާއި ފާޚާނާއާއި އެނޫންވެސް މަސައްކަތުގެ މަޢުލޫމާތު ހާމަކުރުން  | 
| 
 5  | 
 ސަރުކާރުގެ ފަރާތުން ރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދެކުނު ބަނދަރު ޕްރޮޖެކްޓާއި ފެނުގެ ޕްރޮޖެކްޓާއި އައިސްޕްލާންޓް އަދި ސްކޫލް އިމާރާތުގެ ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރުން  | 
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންދެއްވުންއެދި މަޑުއްވަރީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.
16 އޮގަސްޓު 2021
