ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-107 ވަނަ މާއްދާގެ (ނ) ގައި ކޮންމެ ހަތަރު މަހަކުން އެއްފަހަރު ރައްޔިތުންނާއި ބައްދަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ، މިއަހަރުގެ މެއި މަހުން އޮގަސްޓް މަހަށްވާ ހަތަރުމަހުގެ ބައްދަލުވުން މިމަހުގެ 21 ވާ ހޮނިހިރު ދުވަހުގެރޭ 21:00 ގައި އިރުވެލި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި މިވަނީއެވެ.
1 |
އަލަށް ތަރައްޤީކުރާ ދެކުނު ފަރާތު ބަނދަރު ނިމިގެންދާއރު، ބަނދަރު ސަރަޙައްދުން ދޭންޖެހޭ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުން |
2 |
އެކެޑަމީ އޮފް އިންޓަނޭޝަނަލް މެރިޓައިމް އެންޑް މެނޭޖްމަންޓް ސްޓަޑީޒް އާއި ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ ނިޔަމި ކޯހާއި ބެހޭ މަޢުލޫމާތު ހާމަކުރުން |
3 |
ރަށުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގެ މަސައްކަތުގެ މަޢުލޫމާތު ހާމަކުރުން |
4 |
އިރުވެލި މާލަމުގައި އިމާރާތްކުރާ ކުއްޔަށްދޭ ކޮޓަރިއާއި ފާޚާނާއާއި އެނޫންވެސް މަސައްކަތުގެ މަޢުލޫމާތު ހާމަކުރުން |
5 |
ސަރުކާރުގެ ފަރާތުން ރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދެކުނު ބަނދަރު ޕްރޮޖެކްޓާއި ފެނުގެ ޕްރޮޖެކްޓާއި އައިސްޕްލާންޓް އަދި ސްކޫލް އިމާރާތުގެ ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރުން |
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންދެއްވުންއެދި މަޑުއްވަރީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.
16 އޮގަސްޓު 2021