ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އައިސީޓީ ކޮންސަލްޓެންޓެއް ހޯދުން

މިއޮތޯރިޓީއަށް އައިސީޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ބޭނުންވެއެވެ.

ބޭނުންވާ އަދަދު :  01 (އެކެއް)

މަޤާމުގެ ޝަރުތުތަކާއި މައިގނަޑު މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު އެޓެޗްކޮށްފައިވާ ޓީއޯއާރުގައި އެވަނީއެވެ.

 

މުސާރަ އާއި އެލަވަންސް/ މަހަކު : -/30,000 ރުފިޔާ  (ޕެންޝަނާއެކު)

މަސައްކަތްކުރަންޖެހޭ ގަޑި:  ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށް (ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ގައި)

  

ހުށަހަޅަންޖެހޭ ލިޔުންތައް:

-        އެޕްލިކޭޝަން ފޯމު

-        ކަރިކިއުލަމް ވިޓާ (ސީވީ)

-        ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ

-        ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

-        މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން

ނޯޓު:

-        މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

-        މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

   

ސުންގަޑި

-        މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން22 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރީއާއިން ނުވަތަ ސިޓީ ނުވަތަ ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

 

-        އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް

-        ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

-        އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

-        ފޯނު: 3336619، ފެކްސް:3336624

-        އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

                              04 މުޙައްރަމް 1423

                              12 އޮގަސްޓް  2021

12 އޮގަސްޓް 2021
ހޯދާ