ދިވެހިރާއްޖެ
މިއޮތޯރިޓީއަށް އައިސީޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ބޭނުންވެއެވެ.
ބޭނުންވާ އަދަދު : 01 (އެކެއް)
މަޤާމުގެ ޝަރުތުތަކާއި މައިގނަޑު މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު އެޓެޗްކޮށްފައިވާ ޓީއޯއާރުގައި އެވަނީއެވެ.
މުސާރަ އާއި އެލަވަންސް/ މަހަކު : -/30,000 ރުފިޔާ (ޕެންޝަނާއެކު)
މަސައްކަތްކުރަންޖެހޭ ގަޑި: ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށް (ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ގައި)
ހުށަހަޅަންޖެހޭ ލިޔުންތައް:
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
ނޯޓު:
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
ސުންގަޑި
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން22 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރީއާއިން ނުވަތަ ސިޓީ ނުވަތަ ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
- އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް
- ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
- އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
- ފޯނު: 3336619، ފެކްސް:3336624
- އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
04 މުޙައްރަމް 1423
12 އޮގަސްޓް 2021