އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމާ ގުޅޭ:

އިޢުލާން

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމާ ގުޅޭ:

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ކައުންސިލުން ނިންމުމާ ގުޅިގެން، ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތައް ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމުގެ ކަންކަން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ވަނީ ފަށާފައެވެ. އެގޮތުން ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ބަދަލުގައި ދޫކުރެވޭ ގޯއްޗާއި ހަވާލުވުމަށް ގޯތީގެ ވެރިފަރާތުން  10 އޯގަސްޓް 2021 ގެ 14:00 ގެެ ކުރިން ހިތަދޫ އަވަށު އޮފީހަށް ހާޒިރުވެދެއްވުމަށް ދަންނަވަމެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލުން ބަދަލުކުރުމަށް ނިންމަވާފައިވާ ގޯތިތަކުގެ ވެރިފަރާތުން މިބަދަލު ގެނައުމާމެދު ނުރުހޭނަމަ އެކަން ވެސް 10 އޯގަސްޓް 2021 ގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ. އަދި  ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރުމަށް އިއުތިރާޟްކުރާ ފަރާތްތަކުގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ޤާނޫނުގައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހެޅޭނެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވަނީ އަންނަނިވި ގޯތިތަކެވެ. މީގެ ތެރޭގައި ލިޔެކިޔުންތަކުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވިފައިވާ ގޯތިތައް ބަދަލުކުރުމަށް ނިންމަވާފައި ވީނަމަވެސް، އެގޯތިތައް ތިރީގައިވާ ލިސްޓުގައި ހިމަނާފައި ނުވާނެއެވެ.

އޭ.އީ.އެޗް ސަރަހައްދުން ލިބިފައިވާ ގޯތީގެ ނަންބަރު

812

648

621

606                

765

713

749

719

977

1647

1516

1356

1520

1109

769

1703

1116

1115

1430

1362

982

369

1506

1603

1081

547

655

1509

1670

681

663

1245

546

1695

165

 

25  ޛުލްހިއްޖާ 1442

05 އޮގަސްޓް 2021
ހޯދާ