ދިވެހިރާއްޖެ
އިޢުލާން
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމާ ގުޅޭ:
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ކައުންސިލުން ނިންމުމާ ގުޅިގެން، ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތައް ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމުގެ ކަންކަން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ވަނީ ފަށާފައެވެ. އެގޮތުން ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ބަދަލުގައި ދޫކުރެވޭ ގޯއްޗާއި ހަވާލުވުމަށް ގޯތީގެ ވެރިފަރާތުން 10 އޯގަސްޓް 2021 ގެ 14:00 ގެެ ކުރިން ހިތަދޫ އަވަށު އޮފީހަށް ހާޒިރުވެދެއްވުމަށް ދަންނަވަމެވެ.
މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލުން ބަދަލުކުރުމަށް ނިންމަވާފައިވާ ގޯތިތަކުގެ ވެރިފަރާތުން މިބަދަލު ގެނައުމާމެދު ނުރުހޭނަމަ އެކަން ވެސް 10 އޯގަސްޓް 2021 ގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ. އަދި ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރުމަށް އިއުތިރާޟްކުރާ ފަރާތްތަކުގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ޤާނޫނުގައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހެޅޭނެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވަނީ އަންނަނިވި ގޯތިތަކެވެ. މީގެ ތެރޭގައި ލިޔެކިޔުންތަކުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވިފައިވާ ގޯތިތައް ބަދަލުކުރުމަށް ނިންމަވާފައި ވީނަމަވެސް، އެގޯތިތައް ތިރީގައިވާ ލިސްޓުގައި ހިމަނާފައި ނުވާނެއެވެ.
| އޭ.އީ.އެޗް ސަރަހައްދުން ލިބިފައިވާ ގޯތީގެ ނަންބަރު | ||
| 812 | 648 | 621 | 
| 606 | 765 | 713 | 
| 749 | 719 | 977 | 
| 1647 | 1516 | 1356 | 
| 1520 | 1109 | 769 | 
| 1703 | 1116 | 1115 | 
| 1430 | 1362 | 982 | 
| 369 | 1506 | 1603 | 
| 1081 | 547 | 655 | 
| 1509 | 1670 | 681 | 
| 663 | 1245 | 546 | 
| 1695 | 165 | 
 | 
25 ޛުލްހިއްޖާ 1442