ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2021/20
އިޢުލާން |
ކުޑަކުދިންގެ ޕާކް ސާފުކޮށް ބެލެހެއްޓުން
މިރަށުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކް ( ކުޅެމާ ކުޅެމާ ) ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- ކޮންމެ ދުވަހަކު ހަވީރު 6:00 ގައި ޕާކް ދިއްލުމާއި ހެނދުނު 6:00 ގައި ޕާކް ނިއްވުން
- ކޮންމެ ދުވަހަކު ހަވީރު 4:00 ވުމުގެ ކުރިން ޕާކް ކުނިކަހާ ސާފުކުރުން
- ކޮންމެ ދުވަހަކު 4:00 ވުމުގެ ކުރިން ޕާކުގައި ހަރުކޮށްފައިހުރި ކުޅޭތަކެތި ފޮހެ ސާފުކުރުން
- ވަގުތު ލިބޭ ވަރަކުން ޕާކުގައި ގަސް އިންދާ ޒީނަތްތެރި ކުރުރުން
މަސައްކަތް ހަވާލުކުރުމުގައި ބަލާނެ ކަންކަން:
- މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން ( މިކަން ބަލާނީ ހުށަހަޅާ ލިޔެކިޔުންތަކަށް ބަލައިގެންނެވެ. )
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން
ހުށަހަޅަންޖެހޭ ތަކެތި:
- އައިޑީކާޑުގެ މުއްދަތު ހަމަނުވަ ސާފު ކޮޕީއެއް
- މިމަސައްކަތް ކުރުމަށްއެދި ހުށަހަޅާ ސިޓީ
- ތަޖުރިބާގެ ލިޔުން
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޛުލްޙިއްޖާ 1442
03 އޯގަސްޓް 2021
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް