ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)421/421/2021/20
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 15 އޮގަސްޓް 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް ސާފުކޮށް ބެލެހެއްޓުން

                                                ނަންބަރު:(IUL)421/421/2021/20

 

އިޢުލާން

 

ކުޑަކުދިންގެ ޕާކް ސާފުކޮށް ބެލެހެއްޓުން

 

           މިރަށުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކް ( ކުޅެމާ ކުޅެމާ ) ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

             ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

ކުރަންޖެހޭ މަސައްކަތްތައް:

  1. ކޮންމެ ދުވަހަކު ހަވީރު 6:00 ގައި ޕާކް ދިއްލުމާއި ހެނދުނު 6:00 ގައި ޕާކް ނިއްވުން
  2. ކޮންމެ ދުވަހަކު ހަވީރު 4:00 ވުމުގެ ކުރިން ޕާކް ކުނިކަހާ ސާފުކުރުން
  3. ކޮންމެ ދުވަހަކު 4:00 ވުމުގެ ކުރިން ޕާކުގައި ހަރުކޮށްފައިހުރި ކުޅޭތަކެތި ފޮހެ ސާފުކުރުން
  4. ވަގުތު ލިބޭ ވަރަކުން ޕާކުގައި ގަސް އިންދާ ޒީނަތްތެރި ކުރުރުން

މަސައްކަތް ހަވާލުކުރުމުގައި ބަލާނެ ކަންކަން:

  1. މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން ( މިކަން ބަލާނީ ހުށަހަޅާ ލިޔެކިޔުންތަކަށް ބަލައިގެންނެވެ. )
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން

ހުށަހަޅަންޖެހޭ ތަކެތި:

  1. އައިޑީކާޑުގެ މުއްދަތު ހަމަނުވަ ސާފު ކޮޕީއެއް
  2. މިމަސައްކަތް ކުރުމަށްއެދި ހުށަހަޅާ ސިޓީ
  3. ތަޖުރިބާގެ ލިޔުން

           ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            24 ޛުލްޙިއްޖާ 1442

            03 އޯގަސްޓް 2021

                                                         ޙަސަން ޢަބްދުﷲ

                                                        ކައުންސިލްގެ ރައީސް 

03 އޮގަސްޓް 2021