ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލްކުރުން

އިޢުލާން

 

ރައްޔިތުންނާއި ބައްދަލްކުރުން

 

                ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ބާއްވަން ޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލްވުން، 24ޖުލައި 2021ވާ ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ލ.ކުނަހަންދޫ ކައުންސިލްގައި އޮންނާނެއެވެ.

މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.

 

  1. 2022 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލުން
  2. 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް އެކުލަވާލުން
  3. ތަރައްޤީ ޕުލޭނަށް ސިފައަންނަމުންދާ ގޮތް
  4. ރައްޔިތުންގެ ހިޔާލު (ރަށުގެ ތަރައްޤީގެ ކަންކަމުގައި )
  5. ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ދިނުން
  6. ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތަރައްޤީ ޕްލޭނާއި ފައިނޭސިއަލް ޕްލޭން އެކުލަވާ ލުމަށް ހިޔާލު ހޯދުން

 

                ވީމާ، މަތީގައި ދެންނެވިފައިވާ ކަންކަމަށް ހިޔާލުދިނުމަށް ތައްޔާރުވެގެން އައުމަށް ކުނަހަންދޫގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.  

15 ޖުލައި 2021
ހޯދާ