ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2021/28
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި:
24 ޖުލައި 2021 20:30
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލްކުރުން
އިޢުލާން
ރައްޔިތުންނާއި ބައްދަލްކުރުން
ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ބާއްވަން ޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލްވުން، 24ޖުލައި 2021ވާ ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ލ.ކުނަހަންދޫ ކައުންސިލްގައި އޮންނާނެއެވެ.
މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
- 2022 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލުން
- 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް އެކުލަވާލުން
- ތަރައްޤީ ޕުލޭނަށް ސިފައަންނަމުންދާ ގޮތް
- ރައްޔިތުންގެ ހިޔާލު (ރަށުގެ ތަރައްޤީގެ ކަންކަމުގައި )
- ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ދިނުން
- ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތަރައްޤީ ޕްލޭނާއި ފައިނޭސިއަލް ޕްލޭން އެކުލަވާ ލުމަށް ހިޔާލު ހޯދުން
ވީމާ، މަތީގައި ދެންނެވިފައިވާ ކަންކަމަށް ހިޔާލުދިނުމަށް ތައްޔާރުވެގެން އައުމަށް ކުނަހަންދޫގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.
15 ޖުލައި 2021