ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ގުރޭޑް 7 ގެ ކުލާސްރޫމްގެ ފުރާޅުގެ ޓިނު ބަދަލުކުރުން
- ދަރިވަރުންގެ މަޢުލޫމާތު ނޯޓިސް ބޯޑު މަރާމާތުކުރުން
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށްއެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫންނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 2 އޮގަސްޓް 2021 ގެ 13:30 ގެ ކުރިން ރަސްމީ ދުވަސްތަކުގައި ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ. ފޯނުން (6600020) ނުވަތަ އީމެއިލް ([email protected])މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ.
މިޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 އޮގަސްޓް 2021ގެ 10:00 ގެ ކުރިން [email protected] އަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 3 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ދެވިފައިވާ މުއްދަތުގައި ނަންނޯޓްކުރި ފަރާތްތަކަށް އެކަންޏެވެ.
ބީލަން ހުޅުވުން އޮންނާނީ 05 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.