މަސައްކަތް
ނަންބަރު: GS135/IUL//2021/05
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 05 އޮގަސްޓް 2021 11:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން


މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

-  ގުރޭޑް 7 ގެ ކުލާސްރޫމްގެ ފުރާޅުގެ ޓިނު ބަދަލުކުރުން

-  ދަރިވަރުންގެ މަޢުލޫމާތު ނޯޓިސް ބޯޑު މަރާމާތުކުރުން

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށްއެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫންނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 2 އޮގަސްޓް 2021 ގެ 13:30 ގެ ކުރިން ރަސްމީ ދުވަސްތަކުގައި ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ. ފޯނުން (6600020) ނުވަތަ އީމެއިލް ([email protected])މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ.

 

މިޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 އޮގަސްޓް 2021ގެ 10:00 ގެ ކުރިން [email protected]  އަށެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 3 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ދެވިފައިވާ މުއްދަތުގައި ނަންނޯޓްކުރި ފަރާތްތަކަށް އެކަންޏެވެ.

 

ބީލަން ހުޅުވުން އޮންނާނީ   05 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

14 ޖުލައި 2021