މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލެޕްޓޮޕް ގަތުމަށް އަލުން އިއުލާންކުރުން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ޕްރޮކިއުމަންޓް ރިފަރަންސް : MV-MOE-242296-GO-RFQ

ލެޕްޓޮޕް ގަތުމަށް އަލުން އިއުލާންކުރުން:

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ މުވައްޒަފުން ބޭނުންކުރުމަށް ބޭނުންވާ ލެޕްޓޮޕް ހޯދުމަށް ކުރެވުނު ނަންބަރު (IUL) 22-PU/22/2021/33 (2021 ފެބްރުއަރީ 25) އިޢުލާނުގައިވާ ވަޒަން ކުރުމުގެ މިންގަނޑު ބަދަލު ކުރެވިފައިވާތީ، އެއިޢުލާން ބާތިލްކޮށް، އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން:

މިތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 2021 އޯގަސްޓް 02 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބުގެ އުޞޫލު:

މި ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާ އަންދާސީ ހިސާބުގެ އުޞޫލު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބުގެ އުޞޫލު [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

އަންދާސީ ހިސާބު ހުށައެޅުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2021 އޯގަސްޓް 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަންދާސީ ހިސާބުގެ އުޞޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

އަންދާސީ ހިސާބުތައް ބަލާނެ މިންގަނޑު:

މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުޞޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

އަންދާސީ ހިސާބު އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް: 

ޕްރޮޖެކްޓް ކޯޑިނޭޓަރ،

މޯލްޑިވްސް ލަރނިންގ އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341160

އީ-މެއިލް: [email protected]

13 ޖުލައި 2021
ހޯދާ