ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ޕްރޮކިއުމަންޓް ރިފަރަންސް : MV-MOE-242296-GO-RFQ
ލެޕްޓޮޕް ގަތުމަށް އަލުން އިއުލާންކުރުން:
ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ މުވައްޒަފުން ބޭނުންކުރުމަށް ބޭނުންވާ ލެޕްޓޮޕް ހޯދުމަށް ކުރެވުނު ނަންބަރު (IUL) 22-PU/22/2021/33 (2021 ފެބްރުއަރީ 25) އިޢުލާނުގައިވާ ވަޒަން ކުރުމުގެ މިންގަނޑު ބަދަލު ކުރެވިފައިވާތީ، އެއިޢުލާން ބާތިލްކޮށް، އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން:
މިތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 2021 އޯގަސްޓް 02 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބުގެ އުޞޫލު:
މި ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާ އަންދާސީ ހިސާބުގެ އުޞޫލު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބުގެ އުޞޫލު [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަންދާސީ ހިސާބުގެ އުޞޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބުތައް ބަލާނެ މިންގަނޑު:
މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުޞޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.
އަންދާސީ ހިސާބު އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް:
ޕްރޮޖެކްޓް ކޯޑިނޭޓަރ،
މޯލްޑިވްސް ލަރނިންގ އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3341160
އީ-މެއިލް: [email protected]